ads
ނެހާ އާއި ބާރްތީ
ނެހާ އިންނާނެ ކުއްޖެއް ބާރްތީ ހޯދައިދީފި
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު އާ އިންނާނެ ކުއްޖަކު ހޯދުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނައިރު ކޮމީޑިއަން ބާރްތީ ސިންގް، ނެހާ އިންނާނެ ކުއްޖެއް ހާދައިފި ކަމަށް ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރާ އިންނާނެ ކުއްޖަކު ހޯދުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނައިރު ކޮމީޑިއަން ބާރްތީ ސިންގް، ނެހާ އިންނާނެ ކުއްޖެއް ހޯދައިފި ކަމަށް ބުނެފި އެވެ.

މިދުވަސް ވަރަކީ ނެހާގެ ކައިވެންޏާ ބެހޭގޮތުން ގިނަ ބަޔަކު ވާހަކަ ދައްކަމުން އަން ދުވަސްކޮޅަކަށްވާއިރު މަޝްހޫރު ޝޯ ކަމަށްވާ "ދަ ކަޕިލް ޝަރުމަ ޝޯ" ތެރެއިން ބާރްތީ ވަނީ ނެހާއާ އިންނާނެ މީހަކު ހޯދާފައިވާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން އެ މީހަކީ ލޯޔަރެއް ކަމަށް ވެސް ބާރްތީ ވަނީ ބުނެފަ އެވެ. ބާރްތީ ޝޯ ތެރެއިން އެހެން ބުނި ނަމަވެސް އޭނާ އެހެން ބުނެފައިވަނީ މަޖަލަކަށެވެ.


އިންޑިއަން އައިޑަލް 11ގެ "ޝާދީ ސްޕެޝިއަލް" އެޕިސޯޑުގައި ނެހާ އެހެން ބުނެފައިވާއިރު ނެހާ ވަނީ ދާދި ފަހުން އޭނާ ހުރީ ހުސްކޮށް ކަމަށް ބުނެފަ އެވެ. އެހަބަރު ވެގެން ދިޔައީ ނެހާ ދެކެ ލޯބިވާ ފަރާތްތަކަށް ވަރަށް އުފާވެރި ހަބަރަކަށެވެ.

ނެހާ އެންމެ ފަހުން ފެނިގެން ދިޔައީ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވަ "ކުޗް ކުޗް ހޯތާ ހެ" އިންނެވެ.

ގިނަ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް