ads
މެގް 2 ގެ މަންޒަރެއްް
މެގް 2 ގައި ޑައިނަސޯއަށް ވުރެ ބޮޑެތި މިޔަރު ތަކެއް
ހޮލީވުޑްގެ "މެގް" ފިލްމުގެ ދެވަނަ ބައިގެ އޮފިޝަލް ޓްރެއިލާ ދައްކާލިއިރު، އެ ފިލްމުގެ އެންމެ މުހިއްމު ރޯލުން ޑައިނަސޯއަށް ވުރެ ބޮޑެތި މިޔަރުތަކެއްގެ ކިބައިން ސަލާމަތްވާން ކުރާ މަސައްކަތް ދައްކާލައިފި އެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެންނާނީ އެކްޓަރު ޖޭސަން ސްޓޭތަމް އެވެ. މެގްގެ ފުރަތަމަ ބައި 2018 ވަނަ އަހަރު ނިކުމެފައިވާއިރު އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބުނެވެ.

މެގް 2 ގެ ޓްރެއިލާއިން ފެށޭއިރު ފެންނަނީ ދޮންދޫނި ކަހަލަ ކުޑަ ދޫންޏެއް އުދުހިގެން އަންނަނިކޮށް ބޮނޑެއް އޭތި ޖަހައިގަނެގެން ކާލާ މަންޒަރެވެ. އެއަށް ފަހު ބޮޑު އުގުއާނާއެއް ބޮނޑު ކާލައެވެ.

ދެން ފެންނަނީ ޖަންގަލީގެ ތެރެއިން ނިކުމެގެން އަންނަ ޑައިނަސޯ ތަކެވެ. އެ ޑައިނަސޯތައް ބޮޑެތި އިގުއާނާއާއި އެހެނިހެން ޖަނަވާރު ކަމުން އައްސޭރި ކައިރިން ދަނިކޮށް ކުއްލިއަކަށް މޫދުން ފުންމައިގެން އަންނަ ބިޔަ ބޮޑު މިޔަރެއް ޑައިނަސޯ ޖަހައިގަނެގެން ކާލައެވެ.

މެގް 2 ޑައިރެކްޓުކޮށްފައިވާ ބެން ވީޓްލީ އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް