ads
މާޒިޔާއާ ޗެންނާއީގެ ކެޕްޓަނުންނާ ކޯޗުން
އޭއެފްސީ ކަޕް: މި ތިބީ މޮޅުވާން ކެތްމަދުވެފައި: އިރުފާން
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާއި ކުރިމަތިލާއިރު، ޓީމުގެ ކުޅުންތެރިން ތިބީ މޮޅުވާން ކެތް މަދުވެފައި ކަމަށް މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން ބުނެފި އެވެ. އިންޑިޔާގެ ވަރުގަދަ ބާރަ ބެންގަލޫރު އެފްސީ ހިތްދަތި ގޮތަކަށް ކަޓުވާލުމަށް ފަހު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި މާޒިޔާގެ ކެޕްޓަން އިރޭ މިހެން ބުނީ، އޭއެފްސީ ކަޕުގައި އިންޑިޔާގެ އައިލީގުގެ ހުސްވި ސީޒަންގެ ޗެމްޕިއަން ޗެންނާއި ސިޓީއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ.

ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާއި، އިންޑިޔާގެ އައިލީގުގެ މިދިޔަ ސީޒަންގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީ ވާދަކުރާ މެޗު އޮންނާނީ މިރޭ ޗެންނާއީގެ ޖަވާހިރުލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރު އެވެ. މި މެޗު ކުޅެން މާޒިޔާއިންވަނީ ހޮނިހިރު ދުވަހު އިންޑިޔާއަށް ގޮސްފަ އެވެ. އަދި އިއްޔެ މާޒިޔާއިންވަނީ ޖަވާހިރުލާލް ނެހްރޫ ސްޓޭޑިއަމްގައި އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވާ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކެޕްޓަން އިރޭ ބުންޏެވެ.

"މޮޅުވާން ކެތްމަދުވެފައި މިތިބީ، ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އިންޑިއާ އަށް އައީއްސުރެ ވެސް ޓީމުގެ ރޫހު ފެންނަނީ ރަނގަޅަށް، އެންމެންގެ ފަރާތުން ފެންނަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރާތަން"

މާޒިޔާއިން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ޕްރިމިލިނަރީ ބުރުގައި ބަންގާޅުގެ އަބަހާނީ ލިމިޓެޑް އަދި ޕްލޭ އޮފް ގައި އިންޑިޔާގެ ބެންގަލޫރު އެފްސީ ކަޓުވާލުމަށް ފަހު އެވެ. މިއީ މާޒިޔާ އޭއެފްސީ ކަޕުގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. މާޒިޔާ ނޫނީ މި ގްރޫޕްގައި ދެން މުޅިންވެސް ހިމެނެނީ މުޅިން އަލަށް އޭއެފްސީ ކަޕުގައި ކުޅޭ ޓީމުތަކެވެ. އެއީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ، ބަންގާޅުގެ ބަޝަންދުރާ ކިންގްސް އަދި އިންޑިޔާގެ ޗެންނާއީ ސިޓީ އެފްސީއެވެ. ޗެންނާއީ ސިޓީ އެފްސީގެ ކޯޗު އަކްބަރު ނަވާސްއަކީ ސިންގަޕޫރު މީހެކެވެ. ނަވާސްއަކީ މީގެ ކުރިން އޭއެފްސީ ކަޕުގައި ރަނގަޅު ކާމިޔާބެއް ހޯދާފައިވާ ކޯޗެކެވެ. 2016 ވަނަ އަހަރު ސިންގަޕޫރުގެ ޓެމްޕިނަސް ރޯވާސްއާއި އެކު މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް