ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިސްޓަ މޯލްޑުވްސް ޓައިޓްލް ސްޕޮންސަރަކަށް އާބަންކޯ
މިސްޓަ މޯލްޑުވްސް ޓައިޓްލް ސްޕޮންސަރަކަށް އާބަންކޯ
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މި އަހަރުގެ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ބޮޑީބިލްޑިން އެސޯސިއޭޝަނުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އެވެ. މި އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި އޮންނަ އިރު، އެ މުބާރާތުގެ ކޯ ސްޕޮންސަރުގެ އެއްބަސްވުމުގައި ވެސް ސޮއިކުރި އެވެ.

މިސްޓަ މޯލްޑިވްސް މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ. ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި 10-14 ގެ ނިޔަލަށެވެ. މިއީ ދެކުނު އޭޝިއާގެ ސަރަހައްދީ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑަރު އަޒުނީން ރަޝާދެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ރާއްޖޭގެ ބޮޑީބިލްޑިން ޓީމުގެ ހެޑް ކޯޗު އަބްދުލް ހަސީބެވެ.

ބޮޑީބިލްޑިން އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުން ވެސް ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދެމުން އަންނަ ކުޅިވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް