ads
އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ލޯކަލް ކައުންސިލް އިންތިޚާބު މި ހާލަތުގައި ބޭއްވުން ރަނގަޅެއް ނޫން
ކޮރޯނާ ވައިރަސްއަށް މިހާތަނަށް ރާއްޖެއިން އަށް މީހުން ޕޮޒިޓިވްވެފައިވާތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް( އެމްއާރްއެމް) އިން އިލެކްޝަންސް ކޮމިޝަން(އީސީ) ގައި އެދިއްޖެއެވެ.

އިންތިޚާބު ފަސްކޮށްދިނުމަށް އެދި އެމްއާރްއެމްއިން އީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކާއި، ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާކުރުމަށްފަހު އިންތިޚާބު ފަސްކޮށްދިނުމަކީ އެ ޕާޓީން އެދޭ ކަމެއް ކަމަށެވެ.

އެމްއާރްއެމްގެ އީސީއަށް ފޮނުވާފައިވާ ސިޓީގައި އިތުރަށް ބުނެފައިވަނީ ކޮރޯނާ ވައިރަސްއަށް އަށް މީހަކު ޕޮޒިޓިވް ވެ އަދި އިތުރު ޓެސްޓްތަކެއް ކުރަމުން އަންނައިރު، މި ވަގުތަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިޚާބަށް ތައްޔާރުވަމުންދާ ވަގުތު ކަމަށެވެ.

ނަމަވެސް މި ވަގުތު ގައުމު އޮތް ހާލަތުން ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ބާއްވާ މި ދެ އިންތިޚާބުގައި ވޯޓްލުމަށް އެކަށޭނަ އަދަދަކަށް ރައްޔިތުން ނުނިކުމެ، އިންތިޚާބަކީ ރައްޔިތުންގެ އެއްބާރުލުން ނުލިބޭ، މާލީ ގޮތުން ކުރެވޭ އިސްރާފަކަށް ވެދާނެ ކަމަށް އެމްއާރްއެމްއިން ދެކޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

 އެމްއާރްއެމްގެ ސޓީގައި އިތުރަށް ބުނެފައިވަނީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ތާއީދް ހޯދުމުގެ ހައްގު ލިބިގަތުމަށްވެސް، މި ވަގުތަކީ ހުރަސްތަކެއް ހުރި ދަނޑިވަޅެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް