ads
ޖިއާ ހާން
ޖިއާ ހާން މަރާލީތަ؟
އިނގިރޭސިވިލާތަށް އުފަން އިންޑިއާގެ ބަތަލާއެއް ކަމަށްވާ ޖިއާ ޚާން 2013 ވަނަ އަހަރު މަރުވިއިރު، އޭނާގެ މަރަކީ އަމިއްލައަށް މަރުވި ކަމެއް ކަމަށް ކަނޑައެޅި ނަމަވެސް އޭނާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލީ އެވެ.

އެމީހުން އިޝާރާތް ކުރަނީ އޭނާގެ ލޯބިވެރިޔާ ސޫރާޖް ޕަންޗޯލީގެ ކުރާ އަނިޔާތަކުގެ ތަފްސީލު ލިޔެފައިވާ ހަ ސަފްހާގެ ސިޓީއަކަށެވެ. ޖިއާ އަމިއްލައަށް މަރުވުމަށް އެހީތެރިވި ކަމުގެ ކުށުން ސޫރަޖު 2023 ވަނަ އަހަރު ބަރީއަވި ނަމަވެސް ޖިއާގެ އާއިލާއިން ދަނީ އިންސާފު ހޯދުމަށް ހަނގުރާމަ ކުރަމުންނެވެ.

އެ ސިޓީގައި ޖިޔާ ހާން ވަނީ ސޫރަޖް ޕަންޗޯލީގެ މައްޗަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ތުހުމަތުކޮށްފަ އެވެ. އޭނާ ލިޔެފައިވަނީ އޭނާގެ ގައިގައި ޖަހައި، ފައިން ޖަހައި، ނޭވާ ހާސްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަށް މަކަރު ހަދައި މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް ވެސް ޖިއާ ވަނީ ސިޓީގައި ލިޔެފައެވެ. 

އެ ސިޓީ ލިޔެފައިވަނީ ވަރަށް ޖަޒުބާތީ އަދި ހާސްވެފައިވާ ހާލަތެއްގައެވެ ޖިޔާ ހާން ހުރީ ވަރަށް ބޮޑު ވޭނެއްގައިކަން ސާފުވެއެވެ. 

ސިޓީގެ ބައެއް ބައިތައް:

"އަހަރެން ބިރުގަނޭ ކަލޭ ދެކެ، ކަލޭ އަހަރެންގެ މައްޗަށް އަތް އުފުލާ ގޮތަށް. އަހަރެން ބިރުގަނޭ ކަލޭ އަހަންނަށް ކޮށްފާނެ ކަމަކާ މެދު. ކަލޭ އަހަރެން ނޭވާ ހާސްކޮށް، އަހަރެންގެ ގައިގައި ޖެހި، އަހަރެންގެ ގައިގައި ޖަހާފައި ކޮއްޕާލީ. އަހަރެން ދުވަހަކުވެސް ކަލޭގެ ގައިގައި ޖަހާފައެއް ނުވާނެ. ސޫރަޖް. އަހަރެން ދުވަހަކުވެސް ކަލޭގެ ގައިގައި އަތް ވެސް އުފުލާފައެއް ނުވާނެ. ކަލޭ އަހަންނަށް މަރާލާނެ ކަމުގެ އިންޒާރު ދިން. ކަލޭ ބުނީ އަހަރެން ކަލޭ ދޫކޮށްލައިފިއްޔާ އަހަރެން މަރާލާނެ ކަމަށް. އަހަރެން އެހާ އެކަނިވެރި ސޫރަޖް. އަހަރެންގެ ގާތަށް އެނބުރިދާނެ މީހަކު ނެތް. އަހަރެން ވަރަށް ބިރުގަނޭ."

އެ ސިޓީއަކީ އޭނާގެ ލޯބިވެރިޔާގެ އަތުން ޖިއާ ހާން އަށް ކުރި އަނިޔާގެ ހިތްދަތި ވާހަކައެކެވެ. އޭނައަށް ވަރަށް ބޮޑު ވޭނެއް ކުރިމަތިވެ، އެނބުރޭނެ މީހަކު ނެތް ކަހަލަ އިހުސާސެއް ކުރެވުނުކަން ސާފުވެއެވެ. އެ ސިޓީއަކީ ގެވެށި އަނިޔާގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ހަނދާންކޮށްދީފައިވާ ސިޓީއެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް