ads
ސްކޫލް ދަރިވަރުންތަކެއް--
ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ފަސްކުރަން ނިންމައިފި އެވެ.

މި ވަގުތު ސްކޫލުތައް އޮތީ ފުރަތަމަ ޓާމުގެ މެދުތެރެއިން އަންނަ ޗުއްޓީގަ އެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހު ސްކޫލުތައް އަލުން ހުޅުވުމަށް އޮތީ ތާވަލުކޮށްފަ އެވެ. 

އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ ޗުއްޓީއަށް ފަހު ސްކޫލު ހުޅުވުން އެއް ހަފްތާއަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން ދެން ސްކޫލުތައް ހުޅުވޭނީ މާޗް 22 ގައެވެ. އެގޮތަށް ނިންމާފައި ވަނީ ސްކޫލުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުން ދަނިކޮށެވެ. 

މަބްރޫކް ވިދާޅުވީ ސްކޫލުތައް ބަންދުކުރަން އަދި ނިންމާފައި ނުވި ނަމަވެސް، އެފަދަ ހާލަތަކަށާއި، އިތުރު ސިނޭރިއޯތަކަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ. 

އެގޮތުން މިއަދު ވަނީ ގޭގައި ތިބެގެން ވެސް ކުދިންނަށް ކިޔެވޭނެ ފަދަ ޕްލެޓްފޯމެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ. ހިލޭ ސާބަހަށް އެ މަސައްކަތް ކޮށްދޭ ކުންފުނިން ބުނީ މާދަމާ އެ މަސައްކަތް ނިމޭތޯ ބަލަމުންދާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް