ads
ސޯނަމް ބަޖްވާ
"ބޮލީވުޑް ފިލްމު ނުކުޅެނީ ސްކްރީނު ކުރިމަތީ ކިސް ކުރަން ބޭނުންނުވާތީ"
ސޯނަމް ބަޖްވާ ބޮލީވުޑް ފިލްމުތަކަށް ކުޅެން ދެކޮޅު ހަދަނީ ސްކްރީނުކުރިމަތީކައި ބޮސްދޭން ނުވަތަ "ކިސްކުރަން" ބޭނުން ނުވާތީކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނީ ޕަންޖާބުގައި އޭނާގެ އިމޭޖަށް އެކަމުގެ އަސަރު ކުރާނެ ގޮތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ސްކްރީނު ކުރިމަތީގައި ބޮސްދިނުމުން އެކަން އެއީ ބަލައިގަންނަން ފަސޭހަކަމަކަށް އޭނާގެ މައިންބަފައިންނަށް ނުވާނެކަމަށް ވެސް އޭނާ ބުންޏެވެ. 

"ނަމަވެސް މި ފަހުން ފަހުން ސްކްރީނު ކުރިމަތީގައި ކުރާ ކަންކަން މައިންބަފައިން ބަލައިގަންނަވަރުވެސް ކޮންމެވެސް ވަރަކަށް ވަނީ އިތުރުވެފަ،" 

ސޯނަމް ބަޖްވާ އަކީ ޕަންޖާބީ ފިލްމުތަކުގައި ގިނައިން މަސައްކަތް ކުރާ އިންޑިއާގެ ބަތަލާއެއްގެ އިތުރުން މޮޑެލްއެކެވެ. އޭނާ އުފަންވީ އޮގަސްޓް 16، 1989 ގައި އިންޑިއާގެ ނައިނިޓަލް އަށެވެ. 

އެކްޓިން އަށް ފުރަތަމަ ފެށީ 2012 ވަނަ އަހަރު ޕަންޖާބީ ފިލްމު ބެސްޓް އޮފް ލަކް އިންނެވެ .އޭގެ ފަހުން އޭނާ ވަނީ ޕަންޖާބީ ފިލްމުތަކުގެ ކާމިޔާބު ބައެއް ފިލްމުތަކުގެ ތެރޭގައި ނިއްކާ ޒައިލްދާރު، މަންޖޭ ބިސްޓްރޭ، ކެރީ އޮން ޖައްޓާ 2، ގުޑިޔަން ޕަޓޯލޭ، އަދި މުކްލާވާ ކުޅެފަ އެވެ. އަދި "މޫފާމް" އަދި "އެމެރިކާނާ ބިސްކޯދު" ފަދަ ބައެއް ބްރޭންޑްތަކުގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމު ވެސް އޭނާ އަދާކުރެއެވެ. 

42%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
42%
ވަރަށް ސަލާމް
ކޮމެންޓްސް