ads
ސުޚްވިންދަރު ސިންގް
ފަގުޑި ނާޅާ ފިލްމު ކުޅެގެން ސުޚްވިންދަރު ސިންގް ހޫނުފެނަށް
ކުރިއަށް އޮތް ފިލްމުގައި ޕަންޖާބީ ލަވަކިޔުންތެރިޔާ ސުޚްވިންދަރު ސިންގް، ' ޗަމްކިލާ ' ގެ ރޯލު ކުޅެމުން އަންނަ ދިލްޖިތު ޑޮސަންޖް ދާދި ފަހުން ފެނިފައި އޭނާގެ ފަގުޑި ނާޅާ ހުއްޓައެވެ.

އެކްޓަރުގެ ލޫކާއި މެދު ސޯޝަލް މީޑިއާގައި ބަހުސްތަކެއް އުފެދިފައިވާއިރު، ބައެއް މީހުން އޭނާގެ ކެރުންތެރިކަމަށް ވަނީ ތައުރީފުކޮށްފައެވެ. 

އަނެއް ބަޔަކު ދަނީ ސިކުންގެ ސުލޫކީ މިންގަނޑު މުގުރާލި ކަމަށް ބުނެ ފާޑުކިޔަމުންނެވެ. 

"އޭނާ އަކީ ސިކުން މީހެއް ކަމުން އޭނާ އަކީ ސުލޫކީ މިންގަނޑު މުގުރާލާ މީހަކަށް ވެގެން ނުވާނެ. އަޅުގަނޑު މި ފިލްމެއް ނުބަލާނަން،" އޭނާ ފަގުޑި ނާޅާ ފިލްމުކުޅޭކަން އެނގިގެން ފާޑުކީމަކު ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

 

ސިކުންގެ ދީނަށް އުޅޭ މި ލިވަކިއުންތެރިއާ ވަނީ ފަގުޑިނާޅާ ފިލްމެއް ނުހަދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވެ "އާޓްގެ ހައްގުގައި ކޯޑް މުގުރާލަން ތައްޔާރުކަމަށް" ވަނީ ބުނެފައެވެ. 

އިމްތިޔާޒް އަލީ ޑައިރެކްޓް ކުރާ މި ފިލްމަކީ 1980 ގެ އަހަރުތަކުގެ ޕަންޖާބީ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަގުބޫލު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޗަމްކިލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އޭނާގެ އަންހެނުންނާއި އިތުރު ދެމީހަކާއެކު އޭނާ ވަނީ 1988 ވަނަ އަހަރު ބަޑިޖަހައި މަރާލާފައެވެ.

މި ފިލްމު ނެޓްފްލިކްސް އިން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް