ads
ކާތިކް އާރިޔަން--
ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތްކުރަން ކާތިކްއަށް ލިބިއްޖެ
ބޮލީވުޑުގެ ޒުވާން ބަތަލު ކާތިކް އާރިޔަންއަށް ކަރަން ޖޯހަރުގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޝަޝަންކް ކައިތަން ޑައިރެކްޓް ކުރާ މި ފިލްމު، ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ. 

ނަމަވެސް ރަސްމީކޮށް އަދި މިކަން އިއުލާނެއް ނުކުރެ އެވެ. 

މިވަގުތު ކާތިކް އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުތައްކަމަށްވާ "ދޯސްތާނާ 2" އަކާއި ބޫލް ބުލައްޔާ 2 ގެ މަސައްކަތް ކުރަމުންނެވެ. 2018 ވަނަ އަހަރު ނެރުނު ފިލްމު، "ސޯނޫ ކޭ ޓީޓޫ ކީ ސުވީޓީން" ވިދާލި ކާތިކްއަށް ބޮލީވުޑުން އަންނަނީ ގިނަ ފުރުސަތުތަކެއް މިހާރު ލިބެމުންނެވެ. އެ ފިލްމަށް ފަހު އޭނާގެ ފިލްމުތައް އަންނަނީ ހިޓުވަމުންނެެވ. 

ކާތިކްގެ ކުރިއަށް އޮތް ފިލްމު، ދޯސްތާނާ 2އަކީ ކަރަން ޖޯހަރުގެ ފިލްމެއް ނަމަވެސް މިއީ ޑައިރެކްޓަރު ޝަޝަންކާއެކު ކާތިކް ކުރާ ފުރަތަަމަ މަސައްކަތަށް ވާނެ އެވެ.  އޭނާ ވަނީ "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ގުޑް ނިއުސް" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް