ads
ކަޅިކި ފިލްމުގެ މަންޒަރެއް
ފިލްމީތަރި ނިއުމާ ޓިކްޓޮކަށް ދޫކޮށްލީ ބިރުވެރި އެއްޗެއް؟
ފިލްމީ ތަރި ނިއުމާ މުހައްމަދަކީ ޓިކްޓޮކްގައި އެހާ އެކްޓިވް ފަރާތެއް ނޫނެވެ. ދޭތެރެއަކުން ޓިކްޓޮކަށް އެއްޗެއް ދޫކޮށްލި ނަމަވެސް އެއީ އާއްމުކަމެއް ނޫނެވެ.

މި ފަހުން ޓިކްޓޮކްގައި ހައި ޖަހާލުމަށް ފަހު، ނިއުމާވެސް ބުނެލީ "ހަމަގައިމުވެސް މިހާރު ވަރަށް ގިނަކުދިން ހިތަށްއަރާނެ ކީއްވެބާއޭ ނިއުމާ ޓިކްޓޮކްގަ މާ އެކްޓިވްވެގެން މި އުޅެނީ" އެވެ.

މިދިޔަ މަހު ފަހުކޮޅު ނިއުމާ ދޫކޮށްލި ޓިކްޓްކްގައި ބުނެފައިވަނީ ޓިކްޓޮގައި މިހާރު އެޅެނީ އޭނާގެ އަމިއްލަ ފިލްމު "ކަޅަކި" ޕްރޮމޯޓް ކުރުމަށް ކަމަށެވެ. ނިއުމަބުނީ ޓިކްޓޮކް އެކައުންޓް ހެދުމުގެ އަސްލު ބޭނުމަކީވެސް "ކަޅަކި"ގެ ވާހަކަތައް ހިއްސާކޮށް ޕްރަމޯޓްކުރުން ކަމަށެވެ.

ނިއުމާގެ "ކަޅަކި" ފިލްމަކީ ބިރުވެރި ފިލްމެކެވެ. އެއީ ބިރުވެރި ފިލްމަށް ލޯބިރުވާ ފަރާތްތަކަށް އޮތް ބޮޑު އުފަލެކެވެ.

"ކަޅަކި" ފިލްމަކީ ބިރުވެރި ފިލްމު ބަލާ ފަރާތްތަކަށް ހަމަ ގައިމުވެސް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ނިއުމާވެސް ބުނެފައި ވެއެވެ. 

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް