ads
މަލައިކާ އަދި އަރުޖުން
މަލައިކާ ބަނޑުބޮޑުކަމަށް ބުނުމުން އަރުޖުން ރަތަށް އަރައިފި
މަލައިކާ އަރޯރާއާއި އަރްޖުން ކަޕޫރަކީ ބޮލީވުޑްގެ އެންމެ ނަން ހިނގާ ޖޯޑެވެ. މަލައިކާ ބަނޑުބޮޑުކަމަށް ކުރިން ނޫސްތަކުގައި ރިޕޯޓްކުރުމުން އަރުޖުންވަނީ އެކަމާ ރުޅިއައިސްގެން އެމީހުންގެ ޒާތީ ދިރިއުޅުމާ ނުބެހުމަށް ބުނެފައެވެ.

އެކަމާ އެންމެފަހުން އަރުޖުން ވަނީ މީޑިއާގައި ވާހަކަ ދައްކާފައެވެ. އަރުޖުން މިފަހަރު ރުޅިވެރިކަމާ އެކު ނޫސްވެރިންނަށް ޖަވާބުދެމުން ބުނީ އެމީހުންނަކީ ތަރިން ކަމަށް ވިޔަސް އެމީހުންނަކީވެސް އިންސާނުން ކަމަށެވެ.

އެހެން ކަމުން އެމީހުންގެ ޒާތީ ކަންކަމަ ބެހެންވާނީ ކަމުގެ ދެކޮޅު ބަލާފައިކަމަށް އަރުޖުން ވަނީ ބުނެފައެވެ.

"މަލައިކާ ހަށިގަނޑު ހުންނަގޮތުން އޭނަ ބަނޑުބޮޑުކަމަށް، ނިންމައިގެން ނިވާނެ ތަނަކުން އެއްޗެސް ފެންނައިރަށް ނޫސްވެރިން ލިޔާކަށްވެސް ނުޖެހޭ، އަހަރެމެންގެ ޒާތީ ވާހަކަ ލިޔާއިރު އެންމެ ކުޑަމިނުން އަހަރެމެން ކައިރީ އަހާލުންވެސް އެއީ ނެތްކަމެއް ނޫން، ނޫސްވެރިން ހިޓްސް ހޯދަން އަހަރެމެންގެ ޒާތީ ކަންކަމާ ބެހިގެން ނުވާނެ" - އަރްޖުން

އަރުޖުން ބުނީ އޭނާގެ އާއިލާގެ ކަންކަމުގެ ތެރެއަށް ވަދެ ދޮގު ހަބަރު ފެތުރުމަކީ ވަރަށް ހިތްހަމަ ނުހެހޭކަމެއް ކަމަށާއި އެފަދަ ވާހަކަ ތަކުގެ ސަބަބުން ވަރަށް ބޮޑަށް ރުޅި ގަދަވެފައިވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް