ads
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިތަކުގެ އަގުވަޒަންކޮށް ދޭ
"މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް" އަށް ކުރިމަތިލާން ހުޅުވާލައިފި
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިތަކުގެ އަގުވަޒަންކޮށް ދޭ "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑަކީ ކޮންމެ އަހަރަކުވެސް ދޭގޮތަށް ހަމަޖައްސައި ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ތައާރަފުކުރި އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދޭ ހިދުމަތުގެ އަގުވަޒަންކޮށް ރާއްޖޭގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ އިތުރުން ފަތުރުވެރިކަން ކުރާ ފަރާތްތަކުން މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަން ކުރުމެވެ.

މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑު ބަހާލާފައިވަނީ ފަސް ކެޓަގަރީއަކަށެވެ. އެއީ:

  • ރިސޯޓުތަކުގެ ކެޓަގަރީ - މި ކެޓަގަރީން 16 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި
  • ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ކެޓަގަރީ - މި ކެޓަގަރީން 15 އެވޯޑެއް ދޭނެ
  • ފަތުރުވެރިކަން ކުރާ އުޅަނދުފަހަރުގެ ކެޓަގަރީ: މި ކެޓަގަރީން 13 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި
  • ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުތައް އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގެ ކެޓަގަރީ - މި ކެޓަގަރީން 5 އެވޯޑެއް ދޭނެ
  • ޓޫރިޒަމް ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ - މި ކެޓަގަރީން 10 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި

މި ކެޓަގަރީތަކުން މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެވޯޑަށް ކުރިމަތިލުމުގެ ސުންގަނޑިއަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައިވަނީ އޮންލައިންކޮށް ފުރާ ފޯމެއް މެދުވެރިކޮށެވެ. 

މޯލްޑިވްސް ޓޫރިޒަމް އެވޯޑާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ [email protected] އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގެ މަހުގެ ތިންވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް