ads
ރަކުލް ޕްރީތު ސިންގް
ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ
ޓެމިލް ފިލްމުތަކުގެ މަޝްހޫރު ބަަތަލާ ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ ޖެކީ ބަގްނާނީއާ އެކުގައެވެ. މި ދެލޯބިވެރިން އަންނަނީ  ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި ރަކުލް ޕްރީތު ފެންނަނީ ހުދުކުލައިގެ ބިކިނީއެއް ލައިގެންނެވެ. އެ ބަތަލާ މޫދުގައި ޕޯޒް ކުރާތަން ފެންނައިރު އޭނާ ފެންނަނީ ވަރަށް އުފާވެފައި ރިލެކްސް ގޮތަކަށެވެ. އަދި ޖެކީއާއެކު މޫދުގައި ފަތައި މަޖާކުރާމަންޒަރު ވެސް ފެނެއެވެ.

ރަކުލް ޕްރީތު ސިންގް އަކީ ޓެލަގޫ އަދި ތަމަޅަ ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާއެވެ. "ސަރިލެރޫ ނީކެވްވާރޫ"، "ގީތާ ގޮވިންދަމް"، އަދި "ރަންގަސްތަލަމް" ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެއެވެ. އަދި މަޝްހޫރު މޮޑެލްއެއްގެ އިތުރުން ގިނަ އިޝްތިހާރުތަކުން ވެސް ފެނިގެން ގޮސްފައިވެއެވެ.

ބަތަލާ މިހާރު ދަނީ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޓެލެގޫ ފިލްމު "އާދަވައްލޫ މީކު ޖޯހަރަލޫ" އާއި ތަމަޅަ ފިލްމު "ޑޮކްޓަރ" ހިމެނެއެވެ. އަދި ފިލްމު "އެޓޭކް" އިން ވެސް ބޮލީވުޑަށް ތައާރަފްވާން ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް