ads
ރައީސް ސޯލިހް: ވިދާޅުވީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާ އެކު 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެގުނަ ބޮޑުކުރެވޭނެކަމަށް - ފޮޓޯ:ރައީސް އޮފީސް
2028 ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެގުނަ ބޮޑުކުރެވޭނެ: ރައީސް
މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާ އެކު 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެގުނަ ބޮޑުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާއި ކުރަން ހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބައޮތް ކަމަށެވެ. 

އެއީ ރާއްޖޭގެ ހާލަތު ވަރުހުރި އިގުތިސޯދެއްގެ މައްޗަށް ބިނާކުރެވޭނެކަމުގެ އުންމީދު ބޮޑުކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސޯދު ދެގުނަ ވެގެންދާ ދިއުމަކީ ކުރު މުއްދަތަކުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލު ކަމަށެވެ.

"މީގެ ފަސް އަހަރުކުރިން 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ ފަސް އަހަރު ފަހުން ރާއްޖޭގެ އިގުތިސޯދު ދެގުނަކޮށް 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ވެގެން ދާނެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިގުތިސޯދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މި ދަނީ ސަރާސަރުވެ ފެތުރެމުން،" - ރައީސް ސޯލިހް

ރައީސް ވިދާޅުވި ގޮތުގައި މިއީ ފަސް އަހަރެއްގެ ފެށުމާއި އަނެއް ފަސް އަހަރެއްގެ ނިންމުމަށް ހިންގޭ، 10 އަހަރުން ރާއްޖޭގެ އިިގުތިސޯދު ދެގުނަކުރެވޭ އިގުތިސޯދީ ބޮޑު ބަދަލުގެ 10 އަހަރު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް