ads
ފޮޓޯ
މިދިޔަ މަހު ރާއްޖެއަށް 26 ކުރޫޒް ޝިޕް އައި
ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް 14،782 ކަނޑު އުޅަނދު ދަތުރުކޮށްފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު މަންތްލީ ސްޓެޓިސްޓިކްސް ދައްކާ ގޮތުން ފެބްރުއަރީ މަހު ރާއްޖެ އައި ކަނޑު އުޅަނދު ތަކުގެ ތެރެއިން އެންމެ ގިނަ އަދައްގެ އުޅަނދު އައިސްފައި ވަނީ ސާފޭސް އެރައިވަލް އިންނެވެ. ސާފޭސް އެރައިވަލްގެ 6،099 އުޅަނދު ވަނީ ފެބްރުއަރީ މަހު ރާއްޖެ އައިސްފައެވެ. އަދި 2،307 އުޅަނދެއް ފެބްރުއަރީ މަހު އެމްބާކް ކޮށްފައި ވާއިރު، 2،537 އުޅަނދެއް ވަނީ ޑިސްއެމްބާކޮށްފައެވެ.

ފެބްރުއަރީ މަހު 26 ކުރޫޒް ޝިޕް ރާއްޖެ އައިސްފައި ވާއިރު، 61 އެއް ކާގޯ ޝިޕް ވެސް މި މުއްދަތުގައި ރާއްޖެ އައިސްފައި ވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ކުރޫޒް ޝިޕްތައް އައުން ސަރުކާރުން މިހާރު މަނާކޮށްފައި ވާއިރު، ސަރުކާރުން ވަނީ ފަސް ގައުމަކުން މީހުން އައުން މުޅިން މަނާކޮށްފައެވެ. ފެބްރުއަރީ މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ޗައިނާއިން ރާއްޖެއަށް މީހުން އައުން މަނާ ކޮށްފައި ވާއިރު، 26 ފެބްރުއަރީ އިން ފެށިގެން އިރާނުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ސަރުކާރުން ވަނީ މާޗް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދެކުނު ކޮރިއާގެ ދެ ޕްރޮވިންސް ކަމަށްވާ، ދެކުނު އަދި އުތުރު ގިޔޮންގްސަން ޕްރޮވިންސް އިން މީހުން ރާއްޖެ އައުން މަނާ ކޮށްފައެވެ. އަދި މާޗް އަށް ވަނަ ދުވަހު އިޓަލީ އިން މީހުން އައުން މަނާކޮށްފައި ވާއިރު، މާޗް މަހުގެ 10 ވަނަ ދުވަހުން 24 ވަނަ ދުވަހާއި ހަމައަށް އަވައްޓެރި ބަންގްލަދޭށުން ރާއްޖެއަށް މީހުން އައުން ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް