ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި: މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައި - ފޮޓޯ:އަވަސް
މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 އިންސައްތަ ދަށަށް
މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 3.6 އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މި އަހަރުގެ މެއި މަހުގެ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 120،960 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 3.6 އިންސައްތައިގެ ދަށްވުމެއް
  • މިދިޔަ އަހަރުގެ މެއި މަހު އައިސްފައިވަނީ 125،528 ފަތުރުވެރިން

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު މަހު އެވްރެޖްކޮށް 172،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިދިޔަ ހަތަރު މަހާ އަޅާބަލާއިރު، މިއީ 55 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ ވަކިވަކި މަސްމަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އަދަދުތައް:

  • ޖެނުއަރީ - 172،499 ފަތުރުވެރިން
  • ފެބްރުއަރީ - 177،915 ފަތުރުވެރިން
  • މާޗް - 173،514 ފަތުރުވެރިން
  • އެޕްރީލް - 164،357 ފަތުރުވެރިން
  • މެއި - 120،960 ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް ހުރީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި އަދަދުތަކާ އަޅާބަލާއިރު 13 އިންސައްތަ - 30 އިންސައްތަ މަތީގައެވެ.

  • ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް 821،247 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ
  • މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 713،598 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 15.1 އިންސައްތައިގެ ކުރިއެރުމެއް

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،512 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • އިންޑިއާ - 95،851 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
  • ރަޝިއާ - 95،780 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
  • އިނގިރޭސިވިލާތް - 73،929 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.0 އިންސައްތަ)
  • ޖަރުމަނުވިލާތް - 60،998 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.4 އިންސައްތަ)
  • އިޓަލީ - 60،572 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.4 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސައުތް ކޮރެއާއިންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،243 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 13 ހޮޓަލާއި 900 ގެސްޓްހައުސްގެ އިތުރުން 160 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،816 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް