ads
ބޮލީވުޑްގެ ކުރީގެ މަންމަ ސްލޯޗާނާ ލަތްކަރު
ސްލޯޗާނާ ލަތްކަރު މަރުވެއްޖެ
ބޮލީވުޑްގެ 200 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސްލޯޗާނާ ލަތްކަރު މަރުވެއްޖެ އެވެ.

މަރާޓީ އަދި ހިންދީ ފިލްމުތައްވެސް ކުޅެފައިވާ ސްލޯޗާނާ ލަތްކަރު މަރުވީ އުމުރުން 94 އަހަރުގައި މިއަދު ހަވީރު އެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް އަކީ ހިންދީ ގިނަ ފިލްމު ތަކެއްގައި މަންމަގެ ބައި ކުޅުމުގައި މަޝްހޫރު ތަރިއެކެވެ. މަންމަގެ މަރުގެ ހަބަރު އެންމެ ފުރަތަމަ މީޑިއާއަށް ޔަގީންކޮށްދިނީ ސްލޯޗާނާ ލަތްކަރުގެ އަންހެން ދަރިފުޅު ކަންޗަނާ އެވެ.

1960 އިން 1980 އަށް ގިނަ ފިލްމު ތަކެއްގައި މަޝްހޫރު ލެޖެންޑުންގެ މަންމަގެ ބައި ކުޅެފައިވާ ސްލޯޗާނާ ލަތްކަރު ވަނީ މަހްމޫދުއާއި އަމީތާބް ބަޗަންއާއި ސުނިލްދަތްއާއި ދޭވް އާނަންދުއާއި ރާޖޭޝްކަންނާ ފަދަ މަޝްހޫރު ތަރިންގެ މަންމަގެ ބައި ކުޅެފައެވެ.

އެހެންކަމުން ބޮލީވުޑްގެ މިހާރުގެ ދުވަސްވީ ތަރިން ދެކެނީ ސްލޯޗާނާ ލަތްކަރު އަކީ ބޮލީވުޑްގެ މަންމަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް