ads
ދާންދޫގައި އިސް ރަށްވެހިންނަށް ބޭއްވި ހަރަކާތެއްގެ ތެރެއިން
ދޮށީ އުމުރުގެ މީހުންގެ އެލަވަންސް ބޮޑު ކުރަނީ
އުމުރުން 65 އަހަރު ވުމުން ސަރުކާރުން ދެމުން ގެންދާ މާލީ އެލަވަންސް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މުހެން ވިދާޅުވީ ރޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެއްވަމުން އަންނަ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ދޮށީ އުމުރުގެ މީހުނަށް ދެމުންގެންދާ އެލަވަންސްވެސް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

"ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ. ނުކުޅެދުންތެރިންނާއި އިސް ރަށްވެހިންގެ ދާއިރާއަށް ވެސް ބަދަލު ގެންނަން ޖެހޭ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވެންސްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ވަރަށް އަވަހަށް އިޢުލާން ކުރެވޭނެ. އިސްރަށްވެހިންނަށް ދޭ އެލަވަންސް ކުރިއަށް އޮތްތަނުގައި ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި” - ރައީސް


އުމުރުން ދުވަސްވީ މީހުނަށް އެލަވަންސެއް ދޭން ސަރުކާރުން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. 

އޭރު ދެމުން ގެންދިޔަ 2000 ރުފިޔާގެ އެލަވަންސް 5000 ރުފިޔާއަށް ބޮޑުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް