ads
އިއްޔެ މަރުވި ސްލޯޗާނާ
މަންމަ މަރުވުމުން އަމީތާބް ހިތް ހަލާކުވެފައި
ބޮލީވުޑްގެ 200 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސްލޯޗާނާ ލަތްކަރު އިއްޔެ ވަނީ މަރުވެފައެވެ. މަރާޓީ އަދި ހިންދީ ފިލްމުތައްވެސް ކުޅެފައިވާ ސްލޯޗާނާ ލަތްކަރު މަރުވީ އުމުރުން 94 އަހަރުގައި އިއްޔެ ހަވީރު މުމްބާއީ ހޮސްޕިޓަލެއްގައެވެ.

ކުރީގެ މަޝްހޫރު އެކްޓްރެސް އަކީ ހިންދީ ގިނަ ފިލްމު ތަކެއްގައި މަންމަގެ ބައި ކުޅުމުގައި މަޝްހޫރު ތަރިއެކެވެ. މަންމަގެ މަރުގެ ހަބަރު އެންމެ ފުރަތަމަ މީޑިއާއަށް ޔަގީންކޮށްދިނީ ސްލޯޗާނާ ލަތްކަރުގެ އަންހެން ދަރިފުޅު ކަންޗަނާ އެވެ.

1960 އިން 1980 އަށް ގިނަ ފިލްމު ތަކެއްގައި މަޝްހޫރު ލެޖެންޑުންގެ މަންމަގެ ބައި ކުޅެފައިވާ ސްލޯޗާނާ ލަތްކަރު ވަނީ މަހްމޫދުއާއި އަމީތާބް ބަޗަންއާއި ސުނިލްދަތްއާއި ދޭވް އާނަންދުއާއި ރާޖޭޝްކަންނާ ފަދަ މަޝްހޫރު ތަރިންގެ މަންމަގެ ބައި ކުޅެފައެވެ.

އެހެންކަމުން ބޮލީވުޑްގެ މިހާރުގެ ދުވަސްވީ ތަރިން ދެކެނީ ސްލޯޗާނާ ލަތްކަރު އަކީ ބޮލީވުޑްގެ މަންމަ ކަމަށެވެ. 

ސްލޯޗާނާގެ މަރާއި ގުޅިގެން އެންމެ ބޮޑު އަސަރެއްކުރީ ގިނަ އަމިތާބް ބަޗަން އަށެވެ. އަމީތާބްގެ ގިނަ ފިލްމު ތަކެއްގައި ސްލޯޗާނާ ވަނީ އަމީތާބްގެ މަންމަގެ ބައި ކުޅެފައެވެ.

އަމީތަބް ބުނީ ސްލޯޗާނާ އަކީ މަރާޓީ އަދި ހިންދީ އިންޑަސްޓްރީގެ މަންމަ ކަމަށާއި އޭނާގެ މަރުގެ ހަބަރުން މަޔަކު މަރުވިކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. ސްލޯޗާނާއަކީ އޭނާގެ މުޅި ކެރިއަރުގައިވެސް ވަރަށް ހާއްސަ މީހެއްކަމަށް އަމީތާބް ބުނެފައި ވެއެވެ.

"އަހަރެން އެންމެ ހަނދާންވަނީ އަހަރެންގެ 75 ވަނަ އުފަން ދުވަހު އެ މަންމަ އަތުން ލިޔެފަ ފޮނުވި ތަހުނިޔާގެ ނޯޓް، އެއީ އަހަރެންގެ ހަޔާނުގައިވެސް ލިބުނު އެންމެ މުހިއްމު ހަދިޔާ" - އަމީތާބް

އަމީތާބް ބުނީ ބޮލީވުޑްގެ މަންމަ މަރުވުމަކީ އޭނާގެ އިތުރުން ކުރީގެ ބައެއް ތަރިންނަށްވެސް ފުން އަސަރެއް ކުރުވާނެ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް