ads
ރައީސް ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މެދު އެބަ ވިސްނަން: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ފުންކޮށް ވިސްނަވަމުން ގެންދަވާކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ކުރިއަަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު އެމްޑީޕީއާއި އެހެން ޕާޓީތަކާއި ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. 

އަބްދުﷲ ޝަފީގް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެގުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ފުންކޮށް ވިސްނަވާ ކަމަށާއި އެފަދަ މައްސަލައެއް މިހާތަނަށް މަޖިލީހަށް ހުށަހަޅާފައި ނުވަނީ ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސަށް ވުމުން ކަމަށެވެ. 

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވި އެމްޑީޕީގެ ތާއިދާއިއެކު ނައިބު ރައީސްގެ މަގާމަށް އައި ބޭފުޅަކު ޕާޓީ ދޫކުރެއްވުމުން އެ ގޮނޑީގައި ބައިންދަން ބޭނުން ނުވުމުން ކަމަށެވެ. 

މީގެ އިތުރުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަށްފަހު މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ގެންނާނެ ބޭފުޅަކާއިމެދު އަދި ގޮތެއް ނުނިންމަވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް