ads
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މަޖިލިސް
އަންހެން ވަކީލުންނަށް ފުރައްސާރަ ކުރުން އެމްޑީޕީން ކުށްވެރި ކޮށްފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ޕީޖީ ލީދަރު އަހްމަދު ސަލީމް އެޓާނީ އޮފީހުގެ އަންހެން ދެ ވަކީލުންނަށް ފުރައްސާރަ ކުރި މައްސަލަ އެމްޑީޕީން ކުށްވެރި ކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އެދެ އަންހެން ބޭފުޅުންނަށް ސަލީމް ވަރަށް ބޭއަދަބީ ބަސްތަކަކުން މުޚާތަބު ކުރައްވާފައިވާކަމަށާއި، އެކަން އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ކުށްވެރި ކުރާ ކަމަށެވެ. 

އަޅުގަނޑުމެން ގަބޫލު ކުރަނީ އެއީ ފުރައްސާރަކުރުން ކަމަށް . ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން އެކަން ކުށްވެރި ކުރަން - ޝަފީގު

މިއަދު އޭޖީއާ އެކު މަޖިލީހަށް ވަޑައިގެންނެވީ ޑެޕިއުޓީ އޭޖީ ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް އެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ޕީޖީއާއެކު ވަޑައިގެންވީ 18 އަހަރު ނުފުރޭ ކުޑަ ދެކުދީން ކަމަށްޝައްކު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. ސަލީމް މިހެން ވިދާޅުވީ އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހުއެވެ.

އަޅުގަނޑު ނިޒާމީ ނުކުތާއެއް ނެގީ ބަންޑާރަ ނައިބުގެ އަރިހުގައި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ސާފުކޮށްލަން ވެގެން،" ސަލީމް

ސަލީމްގެ މި ފުރައްސާރަ ކުރުމާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ  މަޖިލީހަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނާ ކުޑައިމީސްކޮށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

މީކާއިލް ނެންގެވި ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ ބަލައިގަންނަ ކަމަށާއި މަޖިލީހުގެ އެއްވެސް މެންބަރަކު ޖިންސުއް ލަތީފުންނަށް ފުރައްސާރަ ނުކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް