ads
ފެނަކަ މައި އޮފީސް - ފޮޓޯ / ސޮސަލް މީޑިއާ
ފެނަކައިގައި އުޅޭ މާ ބަނޑު އަންހެނުން ގޭގައި ތިބެ ވަޒީފާ އަދާކުރެވޭ ގޮތް ހަދައިފި
ފެނަކައިގައި މަސައްކަތްކުރާ މާ ބަނޑު އަންހެނުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު ކުރި ޓްވިޓްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އިއުލާންކުރެވިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބުބުން އެ ކުންފުނީގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރުމުގެ އިންތިޒާމް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު މުހައްމަދު ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އާއްދިތަ ދުވަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމްތެރިކަމަށާއި ރައްކާތެރިކަން ކަށަވަރުކުމުގެ ގޮތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެ ބަލިން ރައްކާތެރިވުމަށް ކުރާ ހާއްސަ ދުއާ އަކުން ކަމަށް ވެސް ފެނަކައިން ބުނެ އެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކުރުމާ ގުޅިގެން ފެނަކައިން އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު މާލޭ ސަރަހައްދުގެ ޕާކާއި މައިޒާންތަކަށް ވެސް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ނިންމާފަ އެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން މިއަދުގެ ހުކުރު ނަމާދުވެސް ވަނީ ކުރުކޮށްފަ އެވެ. އަދި މިސްކިތްތަކުގެ ކާޕެޓުތައް ބަދަލުކުރުމަށް ވެސް ކައުންސިލްތަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގާފައިވެ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު މިހާތަނަށް އެ ބައްޔަށް ރާއްޖެއިން އަށް މީހަކު ޕޮޒިޓިވްވެފައިވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް