ads
ޓައިގާ ގެންގުޅޭ ބުޅާ މަރުވެއްޖެ
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ޓައިގާ ޝްރޮފް ގެންގުޅޭ ބުޅާ މަރުވެއްޖެއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ޓައިގާ، އޭނާގެ ބުޅާ މަރުވެފައިވާ ކަން ހާމަކޮށްފައިވާއިރު ޓައިގާ ބުނިގޮތުގައި އެބުޅާ ގެންގުޅޭތާ މިހާރު 17 އަހަރު ވެއްޖެއެވެ.

ޓައިގާ އެންމެ ފަހުން ގެނިގެންގޮސްފައިވަނީ "ބާގީ 3" އިންނެވެ. އެފިލްމު ނެރެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އެފިލްމުގައި އޭނާއާއެކު ފެނިގެންދިޔައީ ޝްރައްދާ ކަޕޫރެވެ.

ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ހީރޯޕަންތީ 2" އިންނެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް