ads
އެމްޑަބްލިއުއެސްސީ އިމާރާތް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ފެން ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެ: ޝާހް
ފެން ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށާއި ކުންފުނީގެ ތަޖުރިބާއަށް ބަލައި ދުރާލާ ތައްޔާރީތައް ވެފައި ވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެ އެވެ.

މިއަދު އެމްޑަބްލިއުއެސްސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފައިވާއިރު، އެ ކުންފުނިން، ހިދުމަތް ފޯރުކޮށްދޭ ހުރިހާ ގޭބީސީއަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެއް ޓަނު ފެން ކުންފުނީން ހިދުމަތް ފޯރުކޮށްދޭ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދެނީ އެކި އަގުގައު ކަން ފާހަގަކުރައްވާ އެމްޑީ ވިދާޅުވީ، ގޭބީސީތަކަށް ފެން ބިލް ކުރާއިރު، ބިލް ކުރަނީ ތިން ބޭންޑަކުން ކަމަށެވެ. އެގޮތުން ބޭންޑް އޭގައި ފެން ޓަނެއްގެ އަގަކީ 22 ރުފިޔާ ކަމަށާއ މިއީ ދުވާލެއްގެ މައްޗަށް 100 ލީޓަރު ބޭނުން ކުރާ ފަރާތްތަކަށް ކަމަށެވެ. އަދި ބޭންޑް ބީގައި ފެން ޓަނެއްގެ އަގަކީ 70 ރުފިޔާ ކަމަށާއި ބޭންޑް ސީ ގައި ފެން ޓަނެއްގެ އަގަކީ 95 ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްޑަބްލިއުއެސްސީއިން ކޮންމެ ގެއަކަށް އެއްޓަނު ފެން ހިލޭ ފޯރުކޮށްދޭން ނިންމާފައި ވަނީ ފެން ބިލްތަކުން އުނިވާނެ ފައިސާގެ އަދަދަށް ބަލާފައި ނޫން ކަމަށް އެމްޑީ ވިދާޅުވި އެވެ. އަދި ކޮންމެ ބިލެއް ވެސް ލިބޭ އިރު އެ މަހަކަށް ބޭނުން ކޮށްފައިވަނީ ކިތައް ފެން ޓަނު ފެނިގެންދާނެ ކަމަށާއި އެތަނުން އެއް ޓަނު ފެން ބިލުން އުނި ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އަދި އެއްޓަނުފެން ބިލަށް ނާރާ ގޭބީސީ ތަކުގެ ބިލަށް އެއްވެސް އަދަދެއް ނާރާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ ފެބް ބޭނުންކުރާއިރު، އިސްރާފު ނުކޮށް ވީހާވެސް އިގްތިސާދީކޮށް ބޭނުން ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފޯރުކޯށްދޭ ފެން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް  ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

އެމްޑަބްލިއެއެސްސީ އިން އުފައްދާ ބޯފެން ޑިސްޓްރިބިއުޓް ކުރަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އައިބީއެމް އިން ކަމަށާއި އައިބީއެމްގެ ޑިމާންޑާއި އެއްވަރަށް ބޯފެން އުފައްދާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޑީ ވަނީ މިހާރު އެ ކުންފީނީގެ މުއައްޒަފުންގެ ތެރެއިން އިމުއިން ސިސްޓަމް ބަލިކަށި އަދި ގޭގައި ގޭގަތިބެގެން މަސައްކަތް ކުރަންޖެހޭނެ މުއައްޒަފުން ފާހަގަކޮށް އެ ފަރާތްތަކުން ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހިއްޖެ ހާލަތަކަށް ގޮސްފިނަމަ އަމަލުކުރާނެ ގޮތް ވެސް މިހާރު ބަލާފައިވާކަމަށް ވިދާޅުވެފަ އެވެ.

މި މަހަށް އެމްޑަބްލިއުއެސްސީގެ ހަރަދު ތަކަށް ތިން މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޑީ ވަނީ ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް