ads
އެމްއެންޑީފް "ޔެލޯ 2" އެލާޓަކަށް އެއްވެސް ބަދަލެއް ނާދޭ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެލާޓް ސްޓޭޓަސް އަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެލާޓް ސްޓޭޓަސް އަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހީމް އާޒިމް މިރޭ ވިދާޅުވީ ޔެލޯ އެލާޓް ސްޓޭޓަސް އަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ އޮޕަރޭޝަންތައް މިހާރުވެސް ކުރިއަށް ގެންދަނީ އެލާޓް ސްޓޭޓަސްއާ އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވިއިރު އެމްއެންޑީއެފް އިން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 19:00 އިން ފެށިގެން ސިފައިންގެ އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކޮށްފައެވެ. އެމްއެންޑީއެފްގެ އެލާޓު ސްޓޭޓަސް މަތިކުރި ރޭ މާލޭގައިވެސް ހަތިޔާރާއި އެކުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. އެހެންނަމަވެސް މިހާރު އެ މަންޒަރެއް ނުފެނެއެވެ.

އެމްއެންޑީއެފްއިން ސެކިއުރީޓީ ވަރުގަދަކުރި ސަބަބާއި ގުޅޭގޮތުން ސަރުކާރުން ބުނީ އެމްއެންޑީއެފްއިން މުޅި ރާއްޖޭގައި ހަތިޔާރު ހިފައިގެން ހަރަކާތްތެރިވަމުން ދަނީ ރާއްޖެއަށް ވަކި ހާއްސަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ. މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރު ކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި އެހެންކަމުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.





0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް