ads
ދިރާގުގެ ހެޑް އޮފީސް
ކޮވިޑް-19 އާ ގުޅިގެން ދިރާގުން 30 ޕަސަންޓް ހިލޭ ޑޭޓާ!
ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ފިކްސް ބްރޯޑްބޭންޑް އިންޓަނެޓް ކަސްޓަމަރުންނަށް މި މަހާއި އަންނަ މަހު 30 އިންސައްތަ ހިލޭ ޑޭޓާ އެލަވަންސް ދިނުމަށް މިއަދު ނިންމައިފި އެވެ.

އެގޮތުން ގޭގެ އާއި އޮފީސްތަކުގައި ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް މި ހިނގާ މާޗް މަހާއި އަންނަ އޭޕްރިލް މަހު 30 އިންސައްތަ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. 

އެ ކުންފުނިން ބުނީ އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށް، ގޭގައި ތިބެން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެފައި ވުމުން ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ. 

ދިރާގުން ބުނީ އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނާއި، ވިޔަފާރިތަކަށް ވެސް މި ދަނޑިވަޅުގައި ލުއިކޮށް ދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް