ads
ނޭޕާލް އިންޓަނޭޝަނަލް އެއާޕޯޓް--
ނޭޕާލުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލައިފި
ނޭޕާލުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެގައުމަށް ނުކުރުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޭޕާލުގައި ތިބި ދިވެހިން ވެސް ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

އޭގެ އިތުރުން ނޭޕާލުގައި ދިރިއުޅޭ ދިވެހިން ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށާއި، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަށް އެދިފައި ވެއެވެ. 

ނޭޕާލުން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލާފައި ވަނީ 14 މާޗުން ފެށިގެން 30 އޭޕްރިލްގެ ނިޔަލަށެވެ. ގިނަ ގައުމުތަކުން އަންނަނީ ކޮވިޑް-19 އާ ގުޅިގެން މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ. 

ވިސާ ހުއްޓާލުމުގެ އިތުރުން މި ދުވަސްވަރު ނޭޕާލަށް އެތެރެވާ މީހުން ކޮވިޑް-19 ނެތްކަން އަންގައިދޭ ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް ހަތް ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާ ގުޅުން ހުރި އިދާރައަކުން ހޯދާ، އެ ހިފައިގެން އެގައުމަށް އެތެރެވުމަށް ވެސް ވަނީ އަންގާފަ އެވެ. 

އޭގެ އިތުރުން ހުރިހާ ފަތުރުވެރިން ވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީންގައި ތިބެން ޖެހޭނެ ކަމަށް ވެސް އަންގާފައި ވެއެވެ.      

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް