ads
ސައުދީ، އަރަމްކޯ ތެޔޮ ފެކްޓްރީ/ ފޮޓޯ:އަރަބް ނިއުސް
މިދަނޑިވަޅުގައި ވެސް ސައުދީގެ ތެޔޮ ފެކްޓްރީއަކަށް ބޮޑު އާމްދަނީއެއް
ކޮވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުން ދާ ދަނޑިވަޅުގައި ވެސް ސައުދީ އަރަމްކޯ ތެޔޮ ފެކްޓްރީއަށް ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ދުނިޔޭގެ ގިނަ އިގްތިސާދުތަކެއް ހީނަރުވެގެން ދާނެ ކަމަށް ލަފާކޮށްފައިވާއިރު، އަރަމްކޯ ފެކްޓްރީއަށް ވަނީ 88.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އިއްޔެ އަރަމްކޯ ފެކްޓްރީ އިން އެ ކުންފުނީގެ ނެޓް އިންކަމް ރިޔާދުގައި އޮތް ތަދާވުލް ސްޓޮކް އެކްސްޗޭންޖު ގައި އިއުލާނު ކޮށްފައިވާއިރު، ފާއިތުވި އަހަރު އެކުންފުނިން ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާފަ އެވެ. މިގޮތުން، ފާއިތުވި އަހަރު އަރަމްކޯ ކުންފުނިން ވަނީ ތެޔޮގެ އަގު ދައްވުމުގެ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ.

މީގެ އިތުރުން ފާއިތުވި އަހަރު އެ ކުންފުނިންވަނީ އެ ކުންފުނީގެ ފުރަތަމަ އިންޓަނޭޝަނަލް ބޮންޑު އިއުލާނުކޮށް 12 ބިލިއަން ޑޮލަރު ހޯދާފަ އެވެ. އަދި މިދިޔަ ޑިސެންބަރު މަސް ނިމުނު އިރު، އަރަމްކޯ ވަނީ ދުނިޔޭގެ ތާރީހުގައި އެންމެ ވެލިއުބަލް ކުންފުންޏަށް ވެފަ އެވެ.

ފާއިތުވި އަހަރު އަރަމްކޯއަށް ލިބުނު 88.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، 2018 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 111.1 ބިލިއަން ޑޮލަރު ލިބިފަ އެވެ. މީގެ ކުރީ އަހަރާ އަޅާ ބަލާއިރު، ފާއިތުވި އަހަރުގެ އާމްދަނީ ދައްވި ނަމަވެސް، އަރަމްކޯ ވެގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުންފުންޏަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް