ހަބަރު /
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ
މާއިދާ މުހައްމަދު ރަޝާދު
16 މާރޗް 2020 - 10:55:52
މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ، އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
އެކްސިޑެންޓުގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް އޭނާ މާލެ ގެނެސް ފަރުވާދެމުންދަނިކޮށް މަރުވީ މިއަދުގެ ވަގުތެއްގަ އެވެ.
މި އެކްސިޑެންޓުގައި މަރުވީ އެރަށު، މާލެގަމު، ކޮތަންގޭ، ހަސަން އަހުމަދެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސެނިކޮށް މި އެކްސިޑެންޓު، ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އިތުރު އެހެން ބަޔަކަށް އަނިޔާވި ނަމަވެސް އެމީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.
ހަސަން އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.
އޭނާ މަރުވިއިރު އަނތްބަކާއި ތިން ކުދިން ކުދިން އެބަތިއްބެވެ.
9%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް