ads
ތުރުކީގެ އިސްތަންބޫލްގެ މިސްކިތެއް ޑިސްއިންފެކްޓް ކުރަނީ/ ފޮޓޯ:ރެއިޓާސް
ތުރުކީއިން އެތައް ހާސް މީހުން ކަރަންޓީން ކުރަނީ
ސައުދީއަށް ހައްޖަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައި އެތައް ހާސް ހައްޖުވެރިން ކަރަންޓީނު ކުރުމަށް ތުރުކީ އިން ނިންމާފި އެވެ.

ތުރުކީގެ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ ހައްޖަށް ދިޔުމަށް ފަހު އައި ފަރާތްތަކުން، ސްޓޫޑެންޓް ޑޯމިޓްރީ ތަކުގައި ކޮޓަރިއަކު މީހެއް ކަރަންޓީނުގައި ބަހައްޓާނެ ކަމަށެވެ. އަދި އެނބުރި ގައުމަށް އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވަނީ ސައުދީ އަށް ހައްޖަށް ދިއުމަށް ފަހު 21،000 މީހުން އެނބުރި ގައުމަށް އަންނާނެ ކަމަށެވެ. އަދި މި މީހުން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ފަސް ސްޓޫޑެންޓް ޑޯމިޓަރީ ތަކުގައި 10,330 މީހުން ކަރަންޓީނު ކުރެވޭނެ އެވެ.

ތުރުކީ އިން މިހާރު ދަނީ މި މީހުން އެއާޕޯޓުން މި ޑޯމިޓަރީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ތުރުކީ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހުން ފެނިފައި ވާއިރު، އެ ގައުމުން ވަނީ ބަލި ފެތުރުނަ ނުދީ ހިފެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެ ގައުމުން ވަނީ ސުކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، ކުޅިވަރާއި އެހެނިހެން މީހުން އެއްވެ އުޅުމަށް ދިމާވާ ކަންތައްތައް ހުއްޓާލާފަ އެވެ.

މީގެ އިތުރުން، ތުރުކީ އިން ވަނީ، ގިނަ ގައުމުތަކަކަށް ދުތުރު ކުރުންވެސް މަނާ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް