ads
ހުރާގައި ތަކުބީރުކިޔަނީ--
ތަކުބީރު ކިޔުން ސާބިތެއް ނުވޭ، އެކަންކަމާއި ދުރުހެލިވޭ: ޑރ. އިޔާޒު
ބަލިމަޑުކަމުން ސަލާމަތްކުރުމަށް ކަމަށް ބުނެ ތަކުބީރު ކިޔުން ސާބިތު ނުވާ ކަމަށާއި އޭގެ ބަދަލުގައި ގުރުއާން ކިޔަވައި ޒިކުރުކުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފި އެެވެ.

އިޔާޒު މިފަދަ މޭރުމަކުން ޓްވީޓް ކުރެއްވިއިރު ބަލިތަކުން ސަލާމަތްކުރުމަށް އެދި ރޭގައި ކ. ހުރާގައި ވަނީ އެރަށުގެ އިސް ރަށްވެހިން ނިކުމެ، ތަކުބީރު ކިޔާފަ އެވެ. 

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލިމަޑުކަމުން ސަލާމަތްކުރުމަށް ކަމަށް ބުނެ ރަށްރަށުގައި ތަކުބީރު ކިޔަމުން ހިނގާ ކަމަށާއި އަނެއް ބައި ރަށްރަށުގައި ދުން އަޅާ ހަދައި ކަމަށެވެ. ނަމަވެސް މި ކަންކަމަކީ އެއްވެސް ވަރަކަށް ސާބިތުވާ ކަންކަން ނޫން ކަމުން އެކަން ކަމުން ދުރުހެލިވުމަށް އޭނާ ގޮވާލައްވަ އެވެ. 

"ކުރަންވީ ކަންކަމަކީ ގިނަގިނައިން ގުރުއާން ކިޔެވުމާއި ޒިކުރު ކިޔުން،" ޑރ. އިޔާޒުގެ ޓްވީޓުގައި ފާހަގަކުރައްވަ އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާއިރު މިހާތަނަށް މި ބައްޔަށް ވަނީ 13 މީހަކު ޕޮޒިޓިވްވެފަ އެވެ. އެގޮތުން މި އެންމެނަކީ ވެސް ބިދޭސީންނެވެ. 

ރާއްޖޭގައި ބަލިތައް ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި ވައިރަހުން ރައްކާތެރިވުމަށް ހުރިހާ ފަރުޟު ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އަންގާފަ އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ފަރުޟު ނަމާދުތަކަށް ފަހު ގުނޫތު ކިޔާ ގޮތަށް ހަމަޖައްސާފައި ވަނީ ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދިނުމަށް އެދި ދުއާ ކުރުމުގެ ގޮތުން ކަމަށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް