ads
ދީޕިކާ---
ކޮރޯނާ ވައިރަހާ ގުޅިގެން ދީޕިކާ އަލަމާރި ސާފުކޮށްފި
ކޮރޯނާ ވައިރަހާ ގުޅިގެން ބޮލީވުޑުގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޮން އޭނާގެ އަލަމާރި ސާފުކޮށްފިއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ފޮޓޯއެއް ހިއްސާކޮށް ދީޕިކާ ބުނީ ކޮރޯނާ ވައިރަހުގެ މިދަނޑިވަޅުގައި އަލަމާރި ސާފު ކުރާ ކަމަށެވެ. އެގޮތުން އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން ފެނިގެންދަނީ ކޮނޑުތަކެއްގައި ޖިންސު ތަކެއް އަޅުވާފައި ހުރި މަންޒަރެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔައީ "ޗަޕާކް" އިންނެވެ. އެފިލްމަށް އެހާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. "ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރުނު ފިލްމެކެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "83" އިންނެވެ.

23%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
47%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް