ads
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ސަން
ވައިރަހާ ގުޅިގެން ލޯނު ދެއްކުމަށް ލުއި ހޯދައިދިނުމުގެ މަޝްވަރާތައް ފަށައިފި
ލޯނު ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަ ކޮށް ވިޔަފާރިތައް ދެމެހެއްޓުމަށް ބޭންކް ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ވަޒީފާތައް ގެއްލިގެން ނުދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވާ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، މަސައްކަތް ކުރާނީ ވިޔަފާރިތަކާއި ވަޒީފާތަށް ހިމާޔަތްވާނެ ގޮތަކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ މިކަންކަމުގެ މަޝްވަރާތައް މިހާރު ފިނޭންސް މިނިސްޓްރީ އާއިއެކު ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ ތަފްސީލުތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭއަށް މިއަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރާއި 446.6 މިލިޔަން ޑޮލަރާއި ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު، މި ވައިރަހުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ފަތުރުވެރިކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުން 1300 އަށް ވުރެ ގިނަ ބުކިން ދުވާލެއްގެ މައްޗަށް ކެންސަލްވެގެން ދާއިރު، 600 މިލިއަން ޑޮލަރުގެ ގެއްލުން އެ ސިނާއަތަށް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް