ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބާއްވަންޖެހޭ ހާލަތުގައި މަޖިލިސް ބާއްވާނަން: ރައީސް ނަޝީދު
ސަރުކާރު ބަންދުކުރި ނަމަވެސް ރައްޔިތުންގެ މަޖިލިސް ބާއްވަންޖެހޭ ހާލަތުގައި ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މިމަހުގެ 19 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް އިއްޔަ ނިންމާފައިވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ އެ ހާލަތުގައި މަޖިލިސް ކުރިއަށް ދާނެ ގޮތް ހާމަކުރައްވާފައެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 247 ވަނަ މާއްދާގައި މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހްތިޔާރު މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ބަންދު ނުވާކަމަށާއި، އަދި މިބާވަތުގެ ހައްސާސް ވަގުތެއްގައި މަޖިލިސް ބަންދު ނުކުރެވޭނެ ކަމަށެވެ. 

"މަޖިލީހުން ބަލަހައްޓާން ޖެހޭ ކަންކަން މަޖިލީހުން ބަލަހައްޓަމުން ގެންދާންޖެހޭނެ. އިންތިހާބު ފަސްކުރުމަށް ބޭނުންވާ ގާނޫނު، އެ އުފެދިގެން އައިސް އެ ގާނޫނުވެސް ފާސްވެ ނިމެންޖެހޭ. އަދި ކައުންސިލްގެ މުއްދަތު ޖޫން އަށްވުރެއް އިތުރަށް ދެމިގެން ދާކަމުގައި ވަނީނަމަ އެކަމަށްވެސް މިމަޖިލީހުން އެބަ ފަރުވާއެއް ހޯދަންޖެހޭ. އަދި އިނގިވަޑައިގަންނަވާނެ ރޯގާ އާއި ގުޅިގެން މި އެޅޭ އެކިއެކި ފިޔަވަޅުތަކާ އެކު ދެންދިމާވާ އަދި ދިމާވެދާނެ އެތައްކަމެއްގެ އަންދާޒާ އަޅުގަނޑުމެންގެ އަތުގައި އެބަ އޮންނަންޖެހޭ."

ރައީސް ނަޝީދު ވިދާޅުވީ، ވެދާނެ ކަންކަމަށް މަޖިލީހުން ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ބާވަންޖެހޭ ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ކަމަށެވެ. އަދި މަޖިލީހުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށް ވިދާޅުވި އެވެ. 

"މިމަޖިލިސް ކޮންމެ ގަޑިއެއްގައިވެސް ދަންނަވާން ޖެހިދާނެ. އެހެންމާ މަޖިލިސްއަށް ތިބޭފުޅުންނަށް ދެންނެވީމާ އިއްޒަތްތެރި މެމްބަރުންނަށް ދެންނެވީމާ އެ ދަންނަވާ ގަޑިއެއްގައި އެ ދަންނަވާ ދުވަހެއްގައި މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރިކަމެއް."

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގާނޫނީ މައްސޫލިޔަތު އަދި ޒިންމާ މަޖިލީހުން އަދާކުރާނެ ކަމަށެވެ. 

ސަރުކާރު ހަފްތާއަކަށް ބަންދުކުރުމަށް ނިންމާފައިވާއިރު ސިޔާސީ އެކި މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް