ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައީސް، ނައިބު ރައިސް، ވަޒީރުން އަދި މެމްބަރުންގެ މުސާރައިން 20 އިންސައްތަ ކުޑަކޮށްފި
އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ އަދި ކޮމިޝަންތަކުގެ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށެވެ.

މިގޮތަށް މުސާރަ އުނިކުރުމަށް ފާސްކޮށްފައިވަނީ ވޯޓު ގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ސިޔާސީ ފަރާތްތަކުގެ މުސާރަތައް ކުޑަކުރުމަށް ފާސްކޮށްފައެވެ.

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުުގެ ބިރާ ގުޅިގެން، ރާއްޖެ އަށް ލިބޭ އާމްދަނީން 6.9 ބިލިއަން ރުފިޔާ އުނިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އިއްޔެ ވަނީ ބަޖެޓުން 1 ބިލިއަން ރުފިޔާ ސަލާމަތް ކުރުމަށް ކުރަންޖެހޭ ކުރުމަށް ވަޒިރުންގެ މަޖިލީހުން ފާސްކޮށްފައެވެ.  

89%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް