ads
އަލީ އާޒިމް
ވަކި މުއްދަތަކަށް ރާއްޖޭގައި އުޅެފައިވާ ބިދޭސީންނަށް ރެސިޑެންސް ވިސާއެއް ދޭން ޖެހޭ
ވަކި މުއްދަތަށް ރާއްޖޭގައި ދިރިއުޅެފައިވާ ބިދޭސީންނަށް ރެސިޑެންސް ވިސާއެއް ލިބޭނެ އިންތިޒާމް ހަމަ ޖައްސަން އެބަޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު، އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަލީ އާޒިމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު، އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރ އަލީ އާޒިމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، ވަކި މުއްދަތަށް ރާއްޖޭގައި އުޅެފައިވާ ބިދޭސީންނަށް ރެސިޑެންސް ވިސާއެއް ދިނުމާއި މެދު ވިސްނަން ޖެހޭ ކަމަށާއި އެ މީހުންގެ ކަންތައްތައް އިންތިޒާމްކޮށްދޭން ޖެހޭ ކަމަށެވެ.

މި ރާއްޖޭގައި އެބަ އުޅޭ ދިވެހިންނާއި އިނދެގެން އުޅޭ ބިދޭސީން ގިނަ އަދަދަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެތައް އަހަރެއް މި ރާއްޖޭގައި ބިދޭސީންނާއި ކައިވެނިކޮށްގެން އެ މީހުންނަށް އެބިތިބި ލިބިފައި ފަންސަވީސް އަހަރު ތިރީސް އަހަރު މިހާރުވެފައިވާ ދަރިން، އެ ދަރީން މި ދިވެހިރާއްޖެއަށް ޚިދުމަތް ކުރަނީ އެއީ ދިވެހި ދަރީންގެ ގޮތުގައި. އެ މީހުންނަށް އެބަޖެހޭ ހަމަ ހަގީގަތުގައިވެސް މި ރާއްޖޭގައި ތަންކޮޅެއް ފަސޭހައިން އުޅެވޭނެ ގޮތް ހަދައިދޭން.

ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ލިބޭނެ ފުރިހަމަ ގާނޫނެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް އާޒިމް ކުރިންވެސް ވަނީ ވިދާޅުވެފައެވެ. މިހާރު އޮތް ސިޓިޒެންޝިޕް ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ރައްޔިތުކަން ބޭނުންވާ ބޭރު މީހުންގެ ޝަރުތުތައް ހަމަވާ ނަމަ، ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް އެދި ފޮރިން މިނިސްޓްރީ އަށް ހުށަހެޅިދާނެ އެވެ. އަދި ޝަރުތުތައް ފުރިހަމަވާ ބިދޭސީން ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ގާނޫނުން ލިބިދެނީ ރައީސަށެވެ. 

އެހެންނަމަވެސް އާޒިމްވަނީ، ސިޓިޒެންޝިޕް ގާނޫނަކީ މި ޒަމާނަށް ފެތޭ ގާނޫނެއް ނޫން ކަމަށާއި މިހާރު އޮތް ގާނޫނަށް ވުރެ ފުރިހަމަ ގާނޫނެއް މިކަމުގައި އޮންނަން ޖެހޭ ކަމަށް ކުރިން ވިދާޅުވެފައެވެ. އަދި އެ ގާނޫނަކީ މި ޒަމާނަށް ފެތޭ އަދި ރައްޔިތުންނަށް ތަފްސީލްކޮށް އެނގެން އޮތް އެއްޗަކަށް ވާން ޖެހޭ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ އާޒިމް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް