ads
ޓީއެމްއޭގެ ބޯޓެއް -- ފޮޓޯ: ސީއެންއެމް
ޓީއެމްއޭގެ ފްލީޓަށް އިތުރު ދެ ސީޕްލޭން ރާއްޖެ ގެނެސްފި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލީޓަށް އިތުރު ދެ ސީޕްލޭން ރާއްޖެ ގެނެސްފި އެެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ފްލީޓަށް އިތުރު ދެ ސީޕްލޭން ރާއްޖެ ގެނެސްފި އެެވެ.

މި ދެ ބޯޓު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މި ދެ ބޯޓާ އެކު ޓީއެމްއޭގެ ފްލީޓްގައި 55 ބޯޓު މިހާރު އެބައޮތެވެ. އަދިވެސް އިތުރު ބޯޓެއް ވަރަށް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް ޓީއެމްއޭ އިން ގެންދަނީ ކުރަމުންނެވެ.

ޓީއެމްއޭ އިން 1989 ވަނަ އަހަރު ސީޕްލޭންގެ ހިދުމަތް ދޭން ފެށީ އެންމެ ދެ ބޯޓު ބޭނުންކޮށްގެންނެވެ.

ޓީއެމްއޭގެ ހިދުމަތް ފުޅާވެގެން ދިޔައީ ކުރިން ޓީއެމްއޭގެ ވާދަވެރި އެހެން ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެމުން ގެންދިޔަ މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ)އާއި ޓީއެމްއޭގެ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އިން 2013 ވަނަ ގަތުމާ އެކު އެވެ.

ވިޔަފާރީގެ ބޮޑު މިމުއާމަލާތަށްފަހު ޓީއެމްއޭގެ ގޮތުގައި ހިންގަމުން ދިޔަ ކުންފުނީގެ ހިއްސާ ބްލެކްސްޓޯ އިން ވަނީ 2017 ވަނަ އަހަރު ޗައިނާގެ ޓެމްޕަސް ގްރޫޕާއި އެމެރިކާގެ ބެއިން ކެޕިޓަލް ހިއްސާވާ ކޮންސޯޓިއަމް އަށް ވިއްކާލާފަ އެވެ. މިއީ ގާތްގަނޑަކަށް 8.4 ބިލިއަން ރުފިޔާގެ މުއާމަލާތަކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު ގެންދަނީ ހަތަރު ބުރިއަށް ހަދަމުންދާ ސީޕްލޭންގެ އާ ޓާމިނަލްގެ މަސައްކަތް ނިންމާ ކުރިއަށް އޮތް އަހަރުގެ މެއި މަހުގެ ތެރޭގައި އެތަން ހުޅުވުމަށް ތައްޔާރުވަމުންނެވެ.

ސީޕްލޭން ޓާމިނަލް ހެދުމަށް 55 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް