ads
ނެހާ---
ނެހާ ކައްކަރު ރޮއްވާލި މީހުންގެ ލިސްޓު މިއޮތީ!
ބޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނެހާ ކައްކަރަކީ ވަރަށް "އިމޯޝަނަލް" މީހެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތުން މީހަކު ބުނާ އެއްޗަކުން ވެސް ނުވަތަ ފެންނަ މަންޒަރަކުން ވެސް ނެހާ ވަރަށް އަވަހަށް ރޯން ފަށާ މަންޒަރު ފެނިގެންދެ އެވެ.

ނެހާ ރޮއްވާލި މީހުންގެ ލިސްޓަކަށް ބަލަމާ ހެއްޔެވެ. ލިސްޓުގައި ފުރަތަމަ ހިމެނެނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ހިމާންޝް ކޯލީ އެވެ.

"ޔާރިޔާން"ގެ ސެޓުން ނެހާ އާއި ހިމާންޝް ފުރަތަމަ ފަހަރަށް ބައްދަލުވިއިރު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުލެ ހަބަރުވީ އެންމެނަށް ވެސް ވަރަށް އުފާވެރި ހަބަރަކަށެވެ. ނަމަވެސް ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.

އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. އަދި ޝޯތަކުގައި ހިމާންޝްގެ ވާހަކަ ދައްކާއިރު ނިހާގެ ބަޑި ފަޅައިގެން ދެއެވެ. ފަހަރެއްގައި ނެހާގެ ހިތުގައި އަދިވެސް ހިމާންޝް އަށް ލޯބި އޮތީއެވެ.

ލިސްޓުގެ ދެވަނައިގައި އުޅެނީ ކީކޫ ޝަރްދާ އާއި ގޯރަވް ގެރާ އެވެ. އެދެމީހުން ވަނީ ނެހާ ކުރު ކަމަށް ބުނެ މަލާމަތްކޮށްފަ އެވެ. 

ޑރ. ޕްރާން ލެލޭ ނަމަކަށް ކިޔާ އެ ކޮމެދީ ޝޯ ތެރެއިން ނެހާ އަށް އެމީހުން މަލާމަތްކޮށްފައިވާއިރު ނެހާ ކުރުކޮށް ހުންނާތީ އެކަމަށް ވަނީ ޖޯކު ޖަހާފައެވެ.

އޭގެ އިތުރުން އޭނާ ކިތަމެ ހަޑި ލަވައެއް ކި ނަމަވެސް ލަވަ ހިޓް ވާ ކަމަށް ވެސް ވަނީ އެޝޯތެރޭގައި ކިޔާފަ އެވެ. އެކަމާ ގުޅިގެން ނެހާ ވަނީ ވަރަށް ދެރަވެ، އެކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިތުގެ އުދާސްތައް ހިއްސާކޮށްފަ އެވެ. 

އިންޑިއަން އައިޑަލް ސީޒަން 10ގެ ޝޯތެރެއިން އެތައް ފަހަރެއްގެ މަތިން ވެސް ނެހާ ވަނި ރޮއެފައެވެ. ބައެއް ފަހަރު މީހުން ޝޯތެރޭގައި ކިޔާދޭ ހިތާމަވެރި ވާހަކަ ތައް ހިމެނެއެވެ. އަދި ބައެއް ފަހަރު ނެހޭ އުފަލުން ވެސް ރޯ މަންޒަރު ފެނިގެންދެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ނެހާ އަކީ ވަރަށް ހިތް ސާފު މީހުން އެހީތެރިވާ ފަންނާނެކެވެ.

ނެހާ އެންމެ ފަހުން ފެނިގެން ދިޔައީ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވަ "ގޮއާ ބީޗް" އިންނެވެ. ގިނަ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

63%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް