ads
ދިރާގު ހެޑް އޮފީސް
މަމެން ކަސްޓަމަރުންނަށް ޑޭޓާއިން 50 ޕަސަންޓް ޑިސްކައުންޓް
ކޮވިޑް-19 އާ ގުޅިގެން ދިރާގު މަމެން ކަސްޓަމަރުން މި ހިނގާ މާޗް މަހު ނަގާ ޑޭޓާ އެޑް-އޮންތަކުން 50 ޕަސަންޓު ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މަމެން ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުންނެވެ. ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނާއި، ވިޔަފާރިތަކާއި އޮފީސްތަކަށް ވެސް މިފަދަ ލުއިތައް ދީފަ އެވެ. 

އެގޮތުން އިންޓަނެޓް ޕެކޭޖުތަކަށް 30 ޕަސަންޓް އިތުރު ޑޭޓާ ހިލޭ ދިނުމާއި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑްލްތަކުން 30 ޕަސަންޓް ޑިސްކައުން ވަނީ ދީފަ އެވެ. 

އަދި ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކަށް 25 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް