ads
ކުޅުދުއްފުށި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ފެނަކަ
ކުޅުދުއްފުށި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ހދ. ކުޅުދުއްފުށީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެތަން ޑިޒައިންކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރީ ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. 

ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު މިއަދު ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

ޖުމްލަ 15.7 މިލިއަން ރުފިޔާގެ މި މަޝްރޫއު ފަށަން ޖެހެނީ މި ހިނގާ މާޗް މަހުގެ 29 ގައެވެ. އަދި 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް، މަޝްރޫއު ނިންމަން ޖެހެނީ އަންނަ އަހަރުގެ ފެބްރުއަރީ 22 އަށެވެ. 

އެ މަޝްރޫއުގެ އެއްބަސްވުމުގައި ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖާ އޮފް ޕްރޮޖެކްޓްސް މުހައްމަދު އައިމަން އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް