ads
އެމްއޭސީއެލްގެ މުވައްޒަފެއް-- ފޮޓޯ: ސަން
ފްލައިޓް ޑިލޭވަނީ އެންމެ ރަންވޭއެއް ބޭނުން ކުރާތީ: އެމްއޭސީއެލް
ފްލައިޓް ޑިލޭޭވުމުގެ މައްސަލަ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުން ކުރާތީ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ފްލައިޓް ޑިލޭޭވުމުގެ މައްސަލަ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުން ކުރާތީ ކަމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މިދުވަސްކޮޅު ފްލައިޓްތައް ޑިލޭވުމުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ޕްލައިޓު ޑިލޭވުމުގެ މައްސަލަ ދިމާވަނީ އެންމެ ރަންވޭއެއް ބޭނުންކުރާތީ ކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަންގެ ޓީމުން ބޯޓު ގަޑިއަށް ފުރުވާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަބަދުވެސް ކުރަމުންދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި، ރާއްޖޭގެ ބޮޑު ބަންދާއި މި ދުވަސްވަރު ދިމާވާތީ ފްލައިޓު ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެ އެވެ.


އެމްއޭސީއެލުން ބުނީ އެއާޕޯޓުގެ ޓްރެފިކަށް ބާރު ބޮޑުވި ނަމަވެސް، އުޅަނދުތަކާއި ޕަސަންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އެމްއޭސީއެލްއިން ވަނީ އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާ ގުޅިގެން މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ރިކޯޑެއް ވެސް ހަދާފަ އެވެ. އެގޮތުން މިމަހުގެ 23 ވަނަ ދުވަހު އެއާޕޯޓުގައި ޖުމްލަ 239 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އެއީ ބައިނަލްއަގްވާމީ 101 ފްލައިޓާއި، އެތެރޭގެ 121 ފްލައިޓާއި، އެޑް ހޮކް ނުވަތަ ޝެޑިއުލް ނޫން 17 ފްލައިޓެވެ.

މި މަހުގެ އެއްވަނަ ދުވަހު ވެސް ވީއައިއޭގައި ވަނީ އެއާކްރާފްޓް މޫވްމަންޓް ރިކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. އެ ފަހަރު ޖުމްލަ 226 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރި އެވެ. އެއީ ބައިނަލްއަގުވާމީ 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓު އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނޫން ތިން ފްލައިޓެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ވީއައިއޭގެ ޓްރެފިކަށް ލުއިކުރުމުގެ ގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއެއް ދަނީ ކުރިއަށެވެ. އޭގެ ދަށުން އާ ރަންވޭއެއް ހަދާފައި ވާއިރު، ޕެސެންޖާ ޓާމިނަލެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް