ads
ފަން އައިލެންޑް ރިސޯޓް--
ފަން އައިލެންޑް ކަރަންޓީން ރަށަކަށް ބަދަލުކުރަނީ
ކޮރޯނާ ވައިރަހާއި ގުޅިގެން އެކަހެރި ކުރާ ފަރާތްތައް ބޭތިއްބުމަށް ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ހާއްސަކޮށްފި އެވެ.

ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަހެރިކޮށް، ޓެސްޓް ހަދައި، ބަލި ނެތްކަން ކަށަވަރުކުރެވެންދެން އަންނަނީ އެކަހެރިކުރަމުންނެވެ. 

ކޮރޯނާ ވައިރަހާ ގުޅިގެން އެކަހެރިކުރާ މީހުންގެ ކަންކަމަށް ފަން އައިލެންޑް ބޭނުންކުރަން ނިންމާފައިވާކަން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެ އެވެ. 

މިރަށަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިލާ ހޮޓަލްސް އެންޑް ރިސޯޓްސްގެ ރަށެކެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެ ކުންފުނިން ވަނީ ޕެރަޑައިޒް އައިލެންޑް ފިޔަވައި އެކުންފުނީގެ ހުރިހާ ރިސޯޓެއް ވަގުތީގޮތުން ބަންދު ވެސް ކޮށްފަ އެވެ. 

މިހާރު ވެސް ސަރުކާރުން އަންނަނީ ވެލިދޫ އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް