ads
ފޮޓޯ: ރައީސް އޮފީސް
ރައީސް، ނައިބު ރައިސް، ވަޒީރުން އަދި މެމްބަރުންގެ މުސާރައިން ކެނޑުނު ވަރު މިއޮތީ!
ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އަސާސީ މުސާރައަށް 30،000 އަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ފާސްކޮށްފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ ތެރެއިން، އަސާސީ މުސާރައަށް 30،000 އަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރަތަކުން، މާޗު އަދި އޭޕްރިލް އަށްވާ އަސާސީ މުސާރައިން 20 އިންސައްތަ އުނިކުުރުމަށެވެ. އަދި މި ބަދަލުތައް ކޮމިޓީން ކޮންމެ މަހަކު އެއްފަހަރު މުރާޖާ ކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. 

މަޖިލީހުން ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ވަޒީރުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ އަދި ކޮމިޝަންތަކުގެ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށެވެ.

އެގޮތުން މީގެ ކުރިން ޖުމުލަ މުސާރައިގެ ގޮތުގައި ލިބުނު އަދަދުތަކާއި، އަސާސީ މުސާރައިން 20 އިންސައްތަ އުނިކުރުމުން އެފަރާތްތަކަށް ޖުމުލަ މުސާރައިގެ ގޮތުގައި ލިބޭނޭ އަދަދުގެ ތަފްސީލުތައް ތިރީގައި މިވަނީ އެވެ. 

  1. ރައީސުލްޖުމްހޫރިއްޔާ - ލިބޭ ޖުމުލަ މުސާރަ (100،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (80،000 ރުފިޔާ)
  2. ރައީސުލްޖުމްހޫރިއްޔާގެ ނައިބު - ލިބޭ ޖުމުލަ މުސާރަ (75،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (60،000 ރުފިޔާ)
  3. ވަޒީރުން - ލިބޭ ޖުމުލަ މުސާރަ (57،500 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (49،000 ރުފިޔާ)
  4. ރައްޔިތުންގެ މަޖިލީހުގެ ރައީސް - ލިބޭ ޖުމުލަ މުސާރަ (73،125 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (62،500 ރުފިޔާ)
  5. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް - ލިބޭ ޖުމުލަ މުސާރަ (71،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (60،800 ރުފިޔާ)
  6. މަޖިލީހުގެ މެމްބަރުން - ލިބޭ ޖުމުލަ މުސާރަ (62،500 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (54،000 ރުފިޔާ)
  7. އުއްތަމަފަނޑިޔާރު - ލިބޭ ޖުމުލަ މުސާރަ (73،125 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (62،500 ރުފިޔާ)
  8. ސުޕްރީމް ކޯޓު ފަނޑިޔާރުން - ލިބޭ ޖުމުލަ މުސާރަ (71،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (60،800 ރުފިޔާ)
  9. ހައިކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓު އަދި ފެމިލީ ކޯޓު ގެ އިސްގާޒީން ނާއި ގާޒީންގެ މުސާރައިންވެސް 20 އިންސައްތަ އުނިކޮށްފައިވޭ. 
  10. ގަވަރުނަރު، އޮޑިޓަ ޖެނެރަލް، ޕްރޮސިކިއުޓާ ޖެނެރަލް، ކޮމިޝަނައާ ޖެނެރަލް އޮފް ޓެކްސޭޝަން - ލިބޭ ޖުމުލަ މުސާރަ (57،500 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (49،000 ރުފިޔާ)
  11. ޑެޕިއުޓީ ގަވަރުނަރު، ޑެޕިއުޓީ ކޮމިޝަނައާ ޖެނެރަލް އޮފް ޓެކްސޭޝަން - ލިބޭ ޖުމުލަ މުސާރަ (49،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (42،200 ރުފިޔާ)
  12. މިނިވަން މުއައްސަސާތަކުގެ ރައީސުން - ލިބޭ ޖުމުލަ މުސާރަ (45،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (39،000 ރުފިޔާ)
  13. މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުން - ލިބޭ ޖުމުލަ މުސާރަ (43،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (37،000 ރުފިޔާ)
  14. ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަންގެ ރައީސް - ލިބޭ ޖުމުލަ މުސާރަ (45،000 ރުފިޔާ) - 20 އިންސައްތަ ކެނޑުމުން (39،000 ރުފިޔާ)
59%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް