ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"ޗެނަލް 13" އަށް ތިން ފަހަރު ނަސޭހަތް ދީފިން: ބްރޮޑްކޮމް
"ޗެނަލް 13" އަށް ތިން ފަހަރު ނަސޭހަތް ދީފައިވާކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.

އިއްޔަ ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ "ޗެނެލް 13" އިން ބްރޯޑްކާސްޓްކުރާ "މަޑިސީލަ" ޕްރޮގްރާމް އާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އެގޮތުން ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، "ޗެނަލް 13" އަށް ތިން ފަހަރު މަތިން ނަސޭހަތް ދީފައިވާކަމަށެވެ. އަދި 16 މާޗުގައި "ޗެނެލް 13" ގެ މަޑިސީލަ ޕްރޮގްރާމް ގެނެސްދޭ ޓީމާއެކު ބައްދަލުވުމެއްވެސް ބާއްވައި ވާހަކަ ދައްކާފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވެފައިވެއެވެ. 

އެހެންނަމަވެސް އަދި މިހާތަނަށް އެ ޗެނަލްއާ މެދު އެ ޕްރޮގްރާމް އާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި ބައްދަލުވުމުގައި ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާ އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސާއި މެންބަރު ޒީނާ ޒާހިރު ބައިވެރިވެފައިވެއެވެ. 

21%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް