ads
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ވެހިކަލެއް ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: މޯލްޑިވް ގޭސް
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ވެހިކަލްތައް ޑިސްއިންފެކްޓު ކުރަނީ
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވް ގޭހުގެ ގޭސް ސިލިންޑަރުތަކާއި ޑެލިވަރީ އުޅަނދުތައް ޑިސްއިންފެކްޓު ކުރަން ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނީ ގޭސް ސިލިންޑަރުތަކާއި، ކޮންމެ ދުވަހެއްގެ ޑެލިވަރީ ހިދުމަތަށް ބޭނުން ކުރާ އުޅަނދުތައް މިހާރު ޑިސްއިންފެކްޓު ކުރަން ފަށާފައިވާ ކަމަށެވެ.

"ކޮންމެ ގޭބިސީއަކަށް ވެސް ދާ ގޭސް ސިލިންޑަރަކީ ޑިސްއިންފެކްޓުކޮށް، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަން އަރުވަން،" އެ ކުންފުނިން ބުންޏެވެ. 

މޯލްޑިވް ގޭހުން އިތުރަށް ބުނީ ތިލަފުށީގައި ހުންނަ ޕްރޮޑަކްޝަން ފެސިލިޓީ އާއި ކުންފުނީގެ އެހެން ހުރިހާ އައުޓްލެޓްތަކުން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއް ގޮތަށް ސިލިންޑަރުތައް ޑިސްއިންފެކްޓު ކުރުމަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. 

ސިލިންޑަރުތަކާއި ވެހިކަލްތައް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ވެސް މޯލްޑިވް ގޭހުން އަންނަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އެގޮތުން އޮންލައިން ހިދުމަތް ތައާރަފުކޮށް، އޮންލައިން ފައިސާ ބަލައިގަންނަން ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް