ads
އާލިއާ އާއި ރަންބީރު---
އާލިއާ އާއި ރަންބީރު ރުޅިވީތަ؟
ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓު ރުޅިވެގެން އުޅޭކަމަށް އަޑުތައް އަރައިފި އެވެ.

އެ އަޑުތައް އަރާފައިވަނީ މިހާރަކަށް އައިސް ދެމީހުން އެކުގައި ނުފެންނާތީ އާއި އާލިއާގެ އުފަން ދުވަހު ބޭއްވި ހަފްލާގައި ވެސް ރަންބީރު ބައިވެރިވެފައި ނުވާތީ އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން އާލިއާ އަދި ރަންބީރުގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ރަންބީރާއި އާލިއާގެ ކައިވެންޏަކީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކައިވެންޏެވެ. އެގޮތުން މިކައިވެންޏާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ފެތުރެމުންނެވެ.

އެ ކައިވެނި އޮތީ އެ ދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، "ބްރަހްމަސްތުރާ" އަށް ފަހު ކަމަށް ވެ އެވެ. މި ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. މިހެންކަމުން، އާލިއާ އާއި ރަންބީރުގެ ކައިވެނި އޮންނާނީ އެ ތާރީހަށް ފަހެވެ. 

އުމުރުން މިހާރު، 27 އަހަރުގެ އާލިއާ އާއި 37 އަހަރުގެ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު މި ދެ ތަރިންގެ ގުޅުމަށް އެކަކު އަނެކަކުގެ އާއިލާއިން ވެސް ވަރަށް ރުހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް