ads
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުން--
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި
އެސްޓީއޯ އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ޑީސަލް ލީޓަރަކުން 1.68 ރުފިޔާ ހެޔޮކުރަން ނިންމާފައިވާއިރު އެތަނުން 10.39 އަކަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު ލިބޭނީ 8.71 ރުފިޔާ އަށް ކަމަށެވެ. 

އޭގެ އިތުރުން، 9.60 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ އުނިކުރަން ވެސް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ. މިއާއެކު މިހާރު ބާޒާރުގައި ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.07 ރުފިޔާ އަށެވެ. 

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ބަދަލު ގެނައީ މިމަހުގެ 13 ވަނަ ދުވަހެވެ. އެގޮތުން އެފަހަރު ވެސް ވަނީ ޕެޓްރޯލާއި ޑީސަލުގެ އަގު އޭރު ވިއްކަމުން އައި ވަރަށް ވުރެ ހެޔޮކޮށްފަ އެެވ. 

ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެސްޓީއޯއިން އެތަނުން ވިއްކަމުން އަންނަ ތެލުގެ އަގު ހެޔޮކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުންނެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް