ads
ކާށި ތެލުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟
ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ބާވަތެކެވެ. އެގޮތުން ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެއެވެ.
ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ބާވަތެކެވެ. އެގޮތުން ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެއެވެ.

• އިސްތަށިގަނޑު ބެލެހެއްޓުން: އިސްތަށިގަނޑަށް ހޯދައިދެވޭ ގުދުރަތީ އެންމެ ރަގަޅު ކާނާ އަކީ ކާށި ތެލެވެ. އިސްތަށިތައް ދުޅަހެޔޮކަމާއެކު ބޮޑުކޮށްދީ، އެއަށް ސާފު ވިދާ އަލިކަމެއް ގެނެސް ދެއެވެ. ގަވާޢިދުން ކާށިތެލުން ބޮލުގެ އިސްތަށިގަނޑު މަސާޖުކުރުމަކީ ބޮލުން ހަންފޮޅުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި އުކުނާއި ލީއެޅުން ކުޑަކޮށްދޭނެ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

• ގައިގެ ހަން ބެލެހެއްޓުން: ކާށި ތެލަކީ މަސާޖުކުރުމަށް ބޭނުންކުރެވޭ އެންމެ ރަގަޅު އެއްބާވަތުގެ ތެލެވެ. ހުރިހާ ވައްތަރެއްގެ ހަމަކަށް ވެސް އެންމެ ރަގަޅު މޮއިސްޗަރައިޒަރ އަކީ ކާށި ތެލެވެ. އެހެން ތެލުގެ ބާވަތްތަކާ ޚިލާފަށް ހަމުގައި ކާށިތެޔޮ އުގުޅުމަކުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރިމައްޗެއް ނުވާނެ އެވެ. އެހެންކަމުން ހަންގަނޑު ހިކުމާއި، ހަންފޮޅުމުން ރައްކާތެރިވުމަށް ކާށި ތެލަކީ ރަގަޅު އެއްޗެކެވެ.

• ހިތުގެ ބަލިތައް: ވަރަށްގިނަ މީހުންނަށް ހީވެފައި އޮންނަނީ ކާށިތެލަކީ ހިތުގެ މައްސަލަ ހުންނަ މީހުންނަށް ރަގަޅު އެއްޗެއް ނޫން ކަމުގައެވެ. މިގޮތަށް ދެކެވެނީ ކާށިތެލުގައި ސެޗުރޭޓެޑް ފެޓް ގިނައިން ހުންނާތީ އެވެ. އެހެން ނަމަވެސް ހަގީގަތުގައި ކާށިތެލަކީ ހިތުގެ ޞިއްޙަތަށް ބޭނުންތެރި އެއްޗެެކެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓްގެ ސަބަބުން ނުރަގަޅު ސަރުބީގެ މިންވަރު މައްޗަކަށް ނުދެއެވެ. މީގެ އިތުރުން ލޭހޮޅިތަކަށް ގެއްލުންވުން ކުޑަކޮށް، ލޭހޮޅިތައް ހަރުވެ ހަލާކުވުން ކުޑަކުރުމަށް ވެސް އެހީތެރިވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ.

• ބަރުދަން ލުއިކުރުން: ބަރުދަން ލުއިކުރުމަށް ކާށި ތެލަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ކާށިތެލުގައި ހިމެނެނީ ޝޯރޓް ޗެއިން އަދި މީޑިއަމް ޗެއިން ފެޓީ އެސިޑް އަށްވުމުން އިތުރުވާ ބަރުދަން އޭގެ ސަބަބުން ކުޑަވެގެން ދެއެވެ. ކާށި ތެލަކީ ހަޖަމުކުރަން ފަސޭހަ އެއްޗަކަށްވުމުން، ތައިރޮއިޑްގެ މަސައްކަތްތަކާއި، އެންޒައިމްތައް އުފެއްދުމުގެ މަސައްކަތްކަތުގައި އެހީތެރިކަން ފޯރުވައިދެއެވެ.

• ހަޖަމުކުރުގެ މައްސަލަތައް: ކާށި ތެލަކީ ހަޖަމުކުރުމުގެ މަސައްކަތްތައް ރަގަޅުކޮށްދީ، މައިދާ އާއި، ހަޖަމުކުރުމާއި ގުޅުންހުރި ކަންތައްތައް ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި ތެލުގައި ހިމެނޭ ސެޗުރޭޓެޑް ފެޓް ގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ބެކްޓީރިޔާ، ފަންގަސް، ޕެރަސައިޓްގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ދިމާވާ ހަޖަމުގޯސްވުމުގެ މައްސަލައަށް ލުއިކަން ގެނެސްދެއެވެ.

• ދިފާޢީބާރު ރަގަޅުކުރުން: ކާށި ތެލަކީ ދިފާޢީ ނިޒާމްގެ މަސައްކަތްތަކަށް ބޭނުންތެރި އެއްޗެކެވެ. ކާށި ތެލުގައި ޖަރާސީމްގެ ތެރެއިން ބެކްޓީރިޔާއާއި، ދެކޮޅަށް މަސައްކަތްކުރަނިވި، ސެޗުރޭޓެޑް ފެޓް ހުރެއެވެ. އަދި ބެކްޓީރިޔާ، ފަންގަސް، ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ކެޕްރިކް އެސިޑް އަދި ކެޕްރައިލިކް އެސިޑް ހުރެއެވެ. އިންސާނާގެ ހަށިގަނޑުގައި ލައުރިކް އެސިޑް، މޮނޯލައުރިންއަށް ބަދަލުވެއެވެ.

• ފާރު އަދި އިންފެކްޝަން: މުލިހި ފާރުގަނޑު ފަދަ ތަންތަނުގެ މަތީގައި އުގުޅުމުން، އެތަން ހިރަފުހާއި ކުނިބުނިން، އަދި ތަފާތު ޖަރާސީމުތަން އެތަނަށް ހުށަހެޅުމުން، ސަލާމަތްކުރުމަށްޓަކައި، ކެމިކަލް ފަށަލައެއް އޭގެ މަތީގައި އުފައްދައެވެ. ކަނޑައިގެންދާ ތަންތަނުގައި ކާށިތެޔޮ އުގުޅުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. އެއީ ކާށި ތެލުގެ ސަބަބުން ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

• އިންފެކްޝަންތައް: ކާށިތެލުގައި ޖަރާސީމުގެ ތެރޭގައި ހިމެނޭ ވައިރަސް، ބެކްޓީރިޔާ އަދި ފަންގަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ހުންނާތީ މިއީ ތަފާތު އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. މިނޫނަސް ކާށި ތެލުން ލިބޭނެ ގިނަ ފާއިދާތަކެއް ހުންނާނެއެވެ. ފަހަކަށް އައިސް ކާށި ތެލަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ބާވަތަކަށް ވަނީ ވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް