ads
އެމްޓީސީސީ ބަހަކާއި ކާރެއް އެކްސިޑެންޓުވެފައި--
ހުޅުމާލޭގައި ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓު ވެއްޖެ
ހުޅުމާލޭ ނިރޮޅުމަގުގައި އެމްޕީއެލްގެ ބަހަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 15:32 ގައި ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުވެފައިވާއިރު ބަހުގެ ކުރީކޮޅަށް ވެސް ގެއްލުންވެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގިއިރު އެ ދެ އުޅަނދު ދުއްވި ދެމީހުންނަކީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ދެމީހުންނެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ. 


0%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް